ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު މާދަމާ ހަވީރު ފަށަނީ

ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
މިދިޔަ އަހަރު ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފޮޓޯ / ނައުޝަލް

ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު މާދަމާ ހަވީރު ފަށާގޮތަށް ހަމަޖައްސައިފި އެވެ.

ކުރިން މުބާރާތް ފަށަން ހަމަޖައްސާފައި އޮތީ ހޮނިހިރު ދުވަހު އެވެ.

މިފަހަރުގެ މުބާރާތުގައި 8 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ގްރޫޕް “އޭ” ގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއާއި ކިހާދޫގެ އިތުރުން މާޅޮސް އަދި ފުޅަދޫއެވެ. ގްރޫޕް “ބީ” ގައި ހިމެނެނީ ކުޑަރިކިލު، ފެހެންދޫ، ދަރަވަންދޫ އަދި އޭދަފުއްޓެވެ.

މުބާރާތް ހުޅުވާމެޗުގައި މާދަމާ ހަވީރު 15:45 ގައި ބައްދަލުކުރާނީ ގޮއިދޫ އާއި ކިހާދޫ އެވެ. ފޯރިގަދަވާނެކަމަށް ބެލެވޭ މިމެޗަށް ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް އޭދަފުއްޓަށް އަންނާނެކަމަށް ބެލެވެ އެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޓީމެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ “ޔޫ ސްޕޯޓްސް” އެވެ. ކޯ ސްޕޮންސަރުންނަކީ ދިރާގު، އެމްޑަބްލިއުއެސްސީީ، ރެެޑްވޭވް އަދި އޭދަފުށީ ކެލިން ފިހާރަ އެވެ. މިފަހަރުވެސް މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ޔޫ ސްޕޯޓްސް އިން ބުނީ މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށާއި، މިއީ އެޓޯލް ޗެލެންޖުގެ އެންމެ ފޯރިގަދަ މުބާރާތަށް ވާނެކަމަށް ބެލެވޭ ކަމަށެވެ.

މުބާރާތުގެ ޝެޑިއުލް
މުބާރާތުގެ ޝެޑިއުލް

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޑީޑީ ޒެޑް

    ގޮއިދޫ މީހުންގެ މަލާމާތުން ހިތްވަރު ހޯދައިގެން ކިހާދޫ ޓީމް މާދަމާ ނިކުންނާނީ %100 ކިހާދޫގެ ޒުވާން ކުޅުންތެރިންނާއެކު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.