އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ އޯޕަން އިވެންޓް ފައިނަލަށް އޭދަފުށީ ބީޑީސީގެ މުހައްމަދު އިކްރާމް އާއި ހުސައިން މުހައްމަދުގެ ޕެއާ ހޮވިއްޖެ އެވެ.
އިކްރާމް އާއި ހުސައިންގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ހޮޅުދޫ ބީޑީސީގެ އާކިފް އާއި އަފާޒުގެ ޕެއާ އާ ކުޅެގެން ސީދާ ދެ ސެޓުން ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މާދަމާ ރޭ 8:00 ގައި ފަށާ ފައިނަލު މެޗުގައި ހުސައިން އާއި އިކްރާމުގެ ޕެއާ އާ ދެކޮޅަށް ނުކުންނީ ހޮޅުދޫގެ މުތީއު އާއި އުނައިސް ގެ ޕެއާ އެވެ.
ހުސައިން އާއި އިކްރާމު ވަނީ މި މުބާރާތުގެ އަމިއްލަ އިވެންޓްގެ ސިންގަލްސް ސެމީ ފައިނަލުންވެސް ޖާގަ ހޯދައިފަ އެވެ. އަމިއްލަ އިވެންޓްގެ ސިންގަލްސް ސެމީ ފައިނަލު މެޗުތައް އޮންނާނީ މާދަމާ ހަވީރު 5 ޖަހާއިރު އެވެ.
އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ޗެމްޕިއަންކަން މިއަހަރު ހޯދީ ނ. ހޮޅުދޫ ބީޑީސީންނެވެ.