ކިހާދޫ ބަލިކޮށް ގޮއިދޫއަށް ރަނގަޅު ފެށުމެއް

ގޮއިދޫ ފުޓްބޯޅް ޓީމު
ގޮއިދޫ ފުޓްބޯޅް ޓީމު

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 5-0 އިން ކިހާދޫ އަތުން މޮޅުވެ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ލީޑުނަގައިދިނީ އަށްވަނަ މިނިޓްގައި މުހައްމަދު ބައްސާމު އެވެ. އެޓީމުގެ ދެވަނަ ލަނޑު 30 ވަނަ މިނިޓްގައި ޖަހައިދިނީ ހަސަން ސުޖާއު އެވެ. މެޗުގެ ފުރަތަމަ ހާފްގައި ލީޑު ފުޅާކުރަން ގޮއިދޫ ޓީމަށް އިތުރު ފުރުސަތު ލިބުނު ނަމަވެސް ބޭނުން ނުކުރެވުނެވެ.

އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާޕް ފެށިތަނާ ކާމިޔާބުކުރީ އާދަމް ނިޒާމު އެވެ. ހަތަރުވަނަ ލަނޑު އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ލަނޑު މެޗު ނިމެނިކޮށް ކާމިޔާބުކުރީ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އާދަމް ނިޒާމު އެވެ.

22

މިއަދު މެޗުގައި ކިހާދޫ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި މުބާރާތުގައި މާދަމާވެސް ކުޅޭނީ ގްރޫޕް އޭ ގެ މެޗެކެވެ. އެ މެޗުގައި މާޅޮހާއި ދެކޮޅަށް ނުކުންނާނީ ފުޅަދޫ ފުޓްބޯޅަ ޓީމެވެ. މެޗު ފެށުމަށް ހަމަޖެހިވަނީ 15:50 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.