ހިންނަވަރާއި ދުވާފަރު މެޗު ވިއްސާރަވުމުގެ ސަބަބުން ހުއްޓާލައިފި

12003321_937949562943395_7124761877250049500_n

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި ހިމެނޭ ހިންނަވަރާއި ދުވާފަރު ކުޅެމުންދިޔަ މެޗު މާބޮޑަށް ވިއްސާރަވެގެން ވަކި ހިސާބަކުން ހުއްޓާލައިފިއެވެ.

“އީޓީ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރު ދަނޑުގައި ކުޅެމުންދިޔަ މި މެޗް ހުއްޓާލީ ފުރަތަމަ ހާފްގެ 25 ވަރަކަށް މިނިޓް ކުޅުނު ފަހުންނެވެ.  މެޗް ހުއްޓާލިއިރު ހިންނަވަރު ވަނީ ވަނީ ދުވާފަރުކޮޅަށް ދެގޯލް ޖަހާފައެވެ.

ވިއްސާރަވުމުގެ ސަބަބުން މެޗް ފެށިގެންވެސް ދުވާފަރު ޓީމުން ދިޔައީ މެޗް ކުޅެން އުނދަގޫކަމަށް ބުނަމުންނެވެ. އޭރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވޭކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މެޗް ހުއްޓާލީ ވިއްސާރަވުމުގެ ސަަބަބުން ދެޓީމަށްވެސް ކުޅެން އުނދަގޫވެ މެޗް ކުރިއަށް ނުގެންދެވޭނެކަމަށް ރެފްރީ ނިންމުމުންނެވެ. މި މެޗް އަލުން ކުޅޭނޭ ތާރީހެއް އެފް.އޭ.އެމް އިން އަދި ނިންމާފައެއް ނުވެއެވެ.

ޒޯން މުބާރާތުގައި ދުވާފަރާއި އޭދަފުށި ބައްދަލުކުރަން އޮތް ފުރަތަމަ މެޗުވެސް ވަނީ ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ. މި މުބާރާތުގައި މި ޒޯންއިން އަދި ކުޅެފައިވަނީ އެންމެ މެޗެކެވެ. އޭދަފުއްޓާއި ހިންނަވަރު ބައްދަލުކުރި އެމެޗް 6-1 އިން ކާމިޔަބު ކުރީ އޭދަފުއްޓެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅެވޭނީ ޑިސެމްބަރ 9 ވާ ބުދަ ދުވަހުއެވެ. ދުވާފަރާއި ހިންނަވަރު ބައްދަލުކުރާ މި މެޗް ކުޅޭނީ ދުވާފަރުގައެވެ.

[hr width=”450px”]
[poll id=”3″]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.