ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މިފަހަރުވެސް ހުސައިން އަށް

ހުސައިން މުހައްމަދު ޗެމްޕިއަން ޓްރޮފީއާއެކު
ހުސައިން މުހައްމަދު ޗެމްޕިއަން ޓްރޮފީއާއެކު

8 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން މުހައްމަދު ހޯދައިފި އެވެ. މިއީ ހުސައިން މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ.

މިރޭ ކުޅުނު ފައިނަލް މެޗު ހުސައިން ކާމިޔާބުކުރީ އަބްދުﷲ މުތީއު އާ ވާދަކޮށް ސީދާ 2-1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މުތީއު އަކީ، މިދިޔަ އަހަރުވެސް ފައިނަލުގައި ހުސައިން ދެކޮޅަށް ކުޅުނު ކުޅުންތެރިއާ އެވެ.

ހުސައިން އަދި އިކްރާމް
ހުސައިން އަދި އިކްރާމް

މި މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަންވެސް ހޯދީ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމްގެ ޕެއާ އެވެ. އެއީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ހޮޅުދޫގެ މުތީއު އާއި އުނެއިޝްގެ ޕެއާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައިގެންނެވެ.

އަށްވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ނ. ހޮޅުދޫ ބީޑީސީ އެވެ. ވޭތުވެ ދިޔަ ތިން އަހަރު އޭދަފުށީ ބީޑީސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިކަމުގައިވިޔަސް ސެމީ ފައިނަލުގައި ހޮޅުދޫ އަތުން ބަލިވެ އޭދަފުށީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި މުބާރާތުގެ އޯޕަން އިވެންޓްތަކުން އިކްރާމް އާއި ހުސައިން ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް އީޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. AN

    މަރުހަބާ ހުސައިން! މިފަދަ ކާމިޔާބީތައް ހޯދާ ޒުވާނުންގެ އަހު ވަޒަން ކުރުމަކީ ވަރަށް މުހިއްމުކަމެއް. އެފަދަ ޒުވާނުންނަށާއި ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ޝަރަފުގައި ކޮންމެވެސް ހަރަކާތެއް ހިންގައި އެފަރާތްތަކަށް ހިއްވަރު ދެމާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.