ނަމޫނާ އޭދަފުށި

މިއީ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ. މި ލިޔުން ފޮނުއްވި ބޭފުޅާ ވިދާޅުވެފައިވަނީ ލިޔުން ޝާއިއު ކުރާއިރު “ސްޓާރބްލިންކް / އޭދަފުށި” މި ނަމުގައި ޝާއިއު ކުރުމަށެވެ.

ނަމޫނާ ރަށެއްގެ ގޮތުގައި އޭދަފުށީ ސިފަކުރަނީ ސަބަބު ތަކެއް އޮވެގެންނެވެ. ރަށުގެ ފާރުތައް ހުދުވެގެންނެވެ. އިސްލާމީ މަރުކަޒާ ވާދަކުރެވޭ ވަރުގެ މިސްކިތެއް ހުންނާތީއެވެ. ގަދަބާރުން ތިންރަށު މީހުން އޭދަފުށީގައި ވަޒަންވެރި ކުރުވީތީއެވެ. ދަރަވަންދޫ މީހުން ހިތުގައި ޖައްސާފައި އޭދަފުއްޓަށް ވެރިކަން ބަދަލުކުރީމަ އެވެ. ތީމުގެޔަށް ގޮންޖަހާލެވޭ ވަރުގެ “އަތޮޅުގެ” ކޮޅަށް ޖަހާލެވުނީތީ އެވެ. ނުވިތާކަށް ރާއްޖެތެރޭގައި ފުރަތަމަ ހުޅުވުނު ކޮމިޔުނިޓީ ސްކޫލް މިރަށުގައި ހުޅުވުނީތީއެވެ. އަދި ކުރީގެ ރައީސްގެ ދުލުން “ނަމޫނާ ރަށް” މިލަގަބު ތަކުރާރުކޮށް އޭދަފުއްޓަށް އަމާޒުކޮށް ވިދާޅުވެފައިވާތީއެވެ.

އެންމެފަހުން ވަރަށް ހިތްވަރާއެކު “ފޭލި” ޖަމިއްޔާއިން ބަހިއްޔާ ސްކޫލް “އަނެއް ބަހިއްޔާ ސްކޫލަށް” ބަދަލުކޮށްދިނީތީ އެވެ. ނަމޫނާ ރަށުގެ އުފަންދަރިޔަކަށް އަހަރެންވީ ހިނދު، އަހަރެން އެންމެ ހިތަށް އުދަގޫވަނީ، މިރަށުގެ ނަމޫނާ ފިހާރަތަކަށް ވިޔަފާރި ކުރަންދާއިރު އުފުލަންޖެހޭ ބުރަތަކާ ހެދިއެވެ. އަހަރެންވެސް ދުވާލަކު މަދުވެގެން 3 ފަހަރު “ނަމޫނާ ފިހާރަތަކަށް އެކިއެކި ބޭނުންތަކުގައި ވަންނަން ޖެހެއެވެ. މިގޮތުން ދިމާވާ އެންމެ ބޮޑު އުދަގުލަކީ ފައިވާން ބޭލުމަށްފަހު ނަމޫނާ ފިހާރަތަކަށް ވަންނަންޖެހުމެވެ. މަދު ފިހާރައެއް ނޫނީ ދެންހުރި ފިހާރަތަކަށް ވަދެވެނީ ފައިވާން ނުވަތަ ބޫޓް ބޭލުމަށްފަހު އެވެ. އަޖައިބު އަންތަރީސް ފަހެ ނުވާނެ ހެއްޔެވެ؟ ފިހާރަތަކުގައި ތިބޭ މީހުންނަށް ހީވެފައި އޮންނަނީ، ވިޔަފާރި ކުރަންދާ މީހުން ތިބެންޖެހޭނީ އެމީހުންގެ ދަށުގައި ކަމަށެވެ. ކަސްޓަމަރ ކެއަރ އޭ މިކިޔާ އެއްވެސް ކަމެއް މިފަދަ ނަމޫނާ ފިހާރައަކުން ފެންނާނެތޭ ބުނުމަކީ އަހަރެންނަށް ހެދޭ ދޮގެއްނޫނެވެ. މިރަށަކީ ތަފާތު އެކިއެކި ބޭނުންތަކަށް ވަށައިގެން އޮތް ރިސޯޓްތަކުން އެތައްބައިވަރު މީހުންނެއް ވިޔަފާރި ކުރާ ރަށަކަށްވީ ހިނދު، “ކަރުގޮސް ހާޖީ” ޒިޔާރަތަށް ވަންނަ އުސޫލުން، ކޮންމެ ފަހަރަކު ދެފައިދޮވެ، ދަތް އުނގުޅާ ، ތުނބުޅި ބާލައިގެން ކޯޓްފަޓްލޫނު ލައިގެން ވިޔަފާރި ކުރަން ދިއުމަކީ ކޮންފަދަ ހޭނުޖެހޭ އުސޫލެއްހެއްޔެވެ؟ ނަމޫނާ ސައުދާގަރުން މިކަމާ ވިސްނުމަށް އަހަރެން ގޮވާލަމެވެ. މިފަދަ ދިމިގްރާތީ އޮއިވަރެއްގައި އަހަރެމެން އެންމެން ބެހިގެން ދާއިރު، ރޭގަޑުގެ ނިދި ނަގާލައިގެން ލައްވާނެ މަންޒިލާ ދޭތެރޭ ފިކުރު ކުރަން ތިބިއިރު، މިފަދަ، ތާކުން ތާކުން ނުޖެހޭ ދަތި ކުރަންޏާމު، ނަމޫނާ ސައުދާރުންގެ ގޭގެ ފުޅަށްބޮޑަށް “ކަންމަތީ ފަޤީރުން” އެއްވެ، ތިޔަ ގެންގުޅުއްވާ އުސޫލުތަކާ ދެކޮޅަށް އިހްތިޖާޖް ކުރުމަކީ ދުރުކަމެއްނޫނެވެ. ނަތީޖާ ގޯސްވުމަކީ ހަމަގައިމުވެސް ނިކަމެތި އަހަރެން އެދޭނެކަމެއްނޫނެވެ. ނަމޫނާ ސައުދާގަރުންގެ ހާލާމެދު އަހަރެން ނުލާހިކު ކަންބޮޑުވެއެވެ. މިހާރުވެސް އެވެރިން ނުލާހިކުވަރުން އަރުތެރެޔަށް ދިރެނީ ލޮނުނުލާ ބަތާ، ހަކުރުނާޅާ ސައިކޮޅެއް އެކަންޏެވެ. އެފަދަ ނަތީޖާއަކުން، އެވެރިންގެ ހިތްތައް ބޭޤަރާރުވެގެން ގޮސް، އައިސީޔޫގައި އެޑްމިޓް ކުރުމަކީ އަހަރެން އެދޭ ގޮތެއްނޫނެވެ. އެކަމަކު އަހަރެން ހިތް އެދުނަސް، ނޭދުނަސް “ކަންމަތީ ފަޤީރުނަށް ފެހި ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމަކީ ނަމޫނާ ރަށުގެ ސައުދާގަރުންނަށް “ރިފޯމް އެޖެންޑާ” އިއުލާން ކުރުމުގެ ވަގުތު ކައިރިވެއްޖެކަންއަންގައިދޭ ނިޝާނެކެވެ. އަދިވެސް ފައިވާން ބާލައިގެން ފިހާރަތަކަށް ވަދެ ވިޔަފާރި ކުރުމުގައި އޭދަފުއްޓަކީ ދިވެހިރާއްޖޭގައި ތަރައްޤީވެފައިވާ ރަށްރަށުގެ ތެރޭން އަރާހުރި ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.