އުރީދޫގެ ކަސްޓަމަރުންނަށް 35ރ. އަށް 1ޖީބީ ޑޭޓާ އާއި އަންލިމިޓެޑް ކޯލް

މި ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 35ރ. އަށް އެއް ޖީބީ ޑޭޓާ އާއި އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭ “ޑެއިލީ ކޮމްބޯ” އެއް ތައާރަފު ކޮށްފި އެވެ.

މި “ކޮމްބޯ” އަކީ ރޯދަ މަހާ ގުޅިގެން، އާއިލާ މީހުންނަށް ތަހުނިޔާ ފޮނުުމަށާއި އެ މީހުންނާ ވާހަކަ ދެއްކުމަށް ވަރަށް ބޭނުންތެރި “ކޮމްބޯއެއް” ކަމަށް އުރީދޫން ދެކެ އެވެ.

އެ ކުންފުނިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސޯޝަލް ޑިސްޓެންސް ދަމަހައްޓަންޖެހޭ މި ދުވަސްވަރު މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން އެކަކު އަނެކަކާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން މި ޕެކޭޖުގެ ސަބަބުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އާއިލީ ގުޅުން ދެމެހެއްޓުމަށް އިތުރު ލުޔެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޑެއިލީ ކޮމްބޯ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 1#*929* އަށް ގުޅައިގެންވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫން ބުނިގޮތުގައި، ދިވެހިން މި ވަގުތު ޑިޖިޓަލްކޮށް ގުޅުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޑެއިލީ ކޮމްބޯއާއެކު ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓު ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ކަމާ ބެހޭ ފަރާތަތްކުން ދަނީ ބުނަމުންނެވެ. އެހެންކަމުން މުހިންމު ބައްދަލުވުންތައް ވެސް މިހާރު ބާއްވަމުން އަންނަނީ އޮންލައިން ޕްލެޓްފޯމުތަކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.