ކުޅުންތެރިންގެ ހިތްވަރަށް ހަމަ ސާބަސް: އޭދަފުށީ ޓީމު

އޭދަފުށި ފުޓްބޯޅަ ޓީމް
އޭދަފުށި ފުޓްބޯޅަ ޓީމް

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އިއްޔެ ދަރަވަންދޫއާ ދެކޮޅަށް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް އެ ޓީމުގެ މެނޭޖްމަންޓން ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ދަރަވަންދޫ ޓީމުން ދެ ލަނޑޫގެ ލީޑެއް ނަގާފައިވަނިކޮށް އޭދަފުށީ ޓީމުން ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި އޭދަފުށީ ޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

“ކޯޗިން ސްޓާފް ވަރަށް ހިތްހަމަޖެހޭ. ހަމައެކަނި ލިބުނު ޗާންސް ތަކުގެ ބޭނުން ނުހިފުނީ. ކުޅުންތެރިންގެ ހިތްވަރަށް ހަމަ ސާބަސް. މުޅި މެޗު ނިމެންދެން ޑޮމިނޭޓް ކުރެވުނު،” އޭދަފުށީ ޓީމުގެ އެސިސްޓެންޓް ކޯޗް ޝާފީ އަލީ ބުންޏެވެ.

މިއަހަރުގެ މުބާރާތަށް އޭދަފުށިން އެކުލަވާލާފައިވަނީ ޒުވާން ޓީމެކެވެ..

މިފަހަރު ޒުވާން ޓީމެއް ނެރުމުގެ ބޭނުމަކީ، އޭދަފުށީ ޓީމުން ބުނިގޮތުގައި އެ ކުޅުންތެރިންނަށް ވަރުގަދަ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތުދީ އަންނަ ޖެނުއަރީމަހު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޔޫތް ޗެމްޕިއަންޝިޕް” ފުޓްބޯޅަ މުބާރާތަށް އެ ކުޅުންތެރިން ތައްޔާރުކުރުމެވެ.

އޭދަފުށީގައި މިހާރުއޮތް ސީނިއާ ޓީމު ރީޕްލޭސް ކުރުމަކީވެސް މި ޓީމު ނެރުމުގައި ވިސްނި ކަމެއްކަމަށް އޭދަފުށީ ފުޓްބޯޅަ ޓީމުން ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި އޭދަފުށީ ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ފެހެންދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. އެ މެޗު ފަށަނީ މާދަމާ މެންދުރު 1:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    އޭދަފުށީ ފުޓްބޯޅަ ޓީމަށް އައްސަރިބަހާ ސާބަސް. މެޗް އެއްވަރުވިޔަސް، މުޅި މެޗް ޑޮމިނޭޓް ކުރުމަކީ، އެންމެ ބޮޑު އެއް ކާމިޔާބު. އައު ހިތްވަރަކާއެކު، ފެހެންދޫ ފުޓްބޯޅަ ޓީމުގެމައްޗަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.