ގޮއިދޫ ސެމީއަށް، މާޅޮސް މުބާރާތުން ކަޓައިފި

މިއަދު ހަވީރު މާޅޮހާއިި ގޮއިދޫ ބައްދަލު ކުރި މެޗްގެ ތެރެއިން. --އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މިއަދު ހަވީރު މާޅޮހާއިި ގޮއިދޫ ބައްދަލު ކުރި މެޗްގެ ތެރެއިން. –އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މާޅޮސް އަތުން 1-0 އިން މޮޅުވެ، ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީގެ ފުރަތަމަ ޖާގަ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ޓީމުން ކަށަވަރު ކޮށްފި އެވެ.

ބާކީ އެއް މެޗު އޮއްވާ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ސެމީ އަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ.

މިއަދުގެ މެޗުން ބަލިވި މާޅޮސް ކުޅުނު ދެ މެޗުންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓައިފަ އެވެ. މެޗުގައި މާޅޮހު ޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އަދި އެ ޓިމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ބޭނުން ނުކުރެވުނެވެ.

މިއަދު ހަވީރު މާޅޮހާއިި ގޮއިދޫ ބައްދަލު ކުރި މެޗްގައި ގޮއިދޫ ޓީމުގެ ސަޕޯޓަރުން. --އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މިއަދު ހަވީރު މާޅޮހާއިި ގޮއިދޫ ބައްދަލު ކުރި މެޗްގެ ތެރެއިން. –އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގޮއިދޫ ޓީމަށް ލަނޑު ގޯލް ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން އާދަމް ނިޒާމު އެވެ.

މިއަދު މެންދުރު ކިހާދޫ އާއި ފުޅަދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި މެންދުރު 1:30 ގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ފުޅާދޫއެވެ. އަދި ދެވަނަ މެޗުގައި ހަވީރު ކުޑަރިލާ ދެކޮޅަށް ކުޅޭނީ ދަރަވަންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.