ބ. ކެންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ކެންދޫ ބަނދަރު ސަރަހައްދު، އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ނޮވެމްބަރުމަހުވަނީ ފަށައިފައި-- ފޮޓޯ/ ސޯސަލް މީޑިޔާ
ކެންދޫ ބަނދަރު ސަރަހައްދު، އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ނޮވެމްބަރުމަހުވަނީ ފަށައިފައި– ފޮޓޯ/ ސޯސަލް މީޑިޔާ

ސަރުކާރުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބ. ކެންދޫގައި ހަދާ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކެޕިޓަލް އިންވެސްޓްމަންޓްގެ އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ކެންދޫގައި 540 ފޫޓު ދިގު އަދި 180 ފޫޓުގެ ފުޅާ ބަނދަރު ހަދައި ނިންމަން ހަމަޖައްސާފައިވަނީ 6 މަސް ދުވަހުގެ ތެރޭގަ އެވެ

ކެންދޫ ކައުންސިލުން ބުނި ގޮތުގައި މި ބަނދަރުގައި 145 މީޓަރު ދިގުމިނަށް ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހައި ނެރު ބައްތިވެސް ޖަހާނެ އެވެ. މީގެ އިތުރުން ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން 262 މީޓަރު ދިގުމިނުގައި އެއްގަމު ތޮއްޓެއް ލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކެންދޫ ބަނދަރު ހަދާއިރު ކުރުމަށް ހަމަޖެހިފައިވާ މައިގަޑު މަސައްކަތްތައް؛

• 262 މީޓަރުގެ ދިގު ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ހެދުން
• އެއްގަމު ތޮއްޓާއި އިންވެގެން 181 މީޓަރު ދިގު 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުން
• 145 މީޓަރު ބޮޑު ހިލައިގެ ކަނޑު ތޮއްޓެއްލުން
• 72 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން
• 87 މީޓަރުގެ ބަސްތާތޮށި ރިވެޓްމަންޓެއް ޖެހުން
• 42 މީޓަރުގެ ބަސްތާތޮށި ސީވޯލް އެއް ޖެހުން

މީގެ އިތުރުން މިހާރުގެ ބަނދަރު ތެރެއިން ތިލަވެފައިވާ ސަރަހައްދުތަކާއި އަލަށް ހަދާ ބަނދަރު ސަރަހައްދު މެދު ދިޔައިން 3 މީޓަރު ފުނަށް ކޮނުމުގެ އިތުރުން ބަނދަރު ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދު ބައްތި ޖެހުންފަދަ މަސައްކަތްތައްވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.