ވައްކަރަށް އައި ބޯޓަކުން ދެ ކިލޯގެ ޑްރަގް!

ބޯޓުން ފެނުނު މަސްތުވާތަކެތި: އެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން --ފޮޓޯ/ޕޮލިސް
ބޯޓުން ފެނުނު މަސްތުވާތަކެތި: އެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން –ފޮޓޯ/ޕޮލިސް

ބ. ވައްކަރު ކައިރީގައި އޮތް އެސްޓީއޯގެ ބޯޓަކުން ދެ ކިލޯގެ މަސްތުވާތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ހެނދުނުން ފެށިގެން ހިންގި އެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ފެނިފައިވަނީ ވައްކަރަށް ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ “އެމްވީ ބޮންތި” ނަމަކަށް ކިޔާ ބޯޓަކުން ނެވެ. އެއީ ކޮން ކުންފުންޏެއްގެ ބޯޓެއް ކަން ފުލުހުން ނުބުންޏަސް ބައެއް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވަނީ އެއީ އެސްޓީއޯގެ ބޯޓެއްް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެއީ އެ ބޯޓުގެ މުވައްޒަފުން ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ.

އޭދަފުށީ ގެ ހުޅަނގު އުތުރުން ގާތްގަޑަކަށް 17 ކިލޯ މީޓަރު ދުރުގައި އޮންނަ ވައްކަރަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެކެވެ. މަސްތުވާތަކެތި ފެނުނު ބޯޓަކީ އެރަށަށް ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ ބޯޓެކެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.