ފެހެންދޫ ސެމީއަށް، އޭދަފުއްޓަށް ފުރުސަތު ހަނިވެއްޖެ

މިއަދު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
މިއަދު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ސެމީ ފައިނަލުން ފެހެންދޫ މިއަދު ޖާގަ ހޯދިއިރު، ސެމީގެ ފުރުސަތު އޭދަފުއްޓަށް ހަނިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިއަދު މެންދުރު ކުޅުނު މެޗުން އޭދަފުށީ ޒުވާން ފުޓްބޯޅަ ޓީމު ފެހެންދޫ ޓީމު އަތުން ބަލިވީ 2-0 އިންނެވެ. މި މެޗުގައި ފެހެންދޫ ޓީމަށް ލީޑު ލިބުނީ އޭދަފުށީ ޓީމުގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ދެވަނަ ލަޑު ޖެހީ މެޗު ނިމެނިކޮށް އަހްމަދު ނިޒާމު އެވެ.

ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި އިތުރު އެއްމެޗު އޮއްވައި ފެހެންދޫ ސެމީން ޖާގަ ހޯދީ 6 ޕޮއިންޓާ އެކު އެވެ. ގްރޫޕް އޭ އިން އިތުރު މެޗެއް އޮއްވައި 6 ޕޮއިންޓާ އެކު ގޮއިދޫވެސް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ.

މިއަދު ހަވީރު ގްރޫޕް ބީ ގައި ދަވަވަންދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗު ނިމުނީ 1-0 އިން ކުޑަރިކިލު މޮޅުވެގެންނެވެ. ސެމީފައިނަލުގެ ފަހު ދެ ޖާގަ އެނގޭނީ ކުރިއަށް ހުރި މެޗު ތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މިއަދު ދަރަވަންދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
މިއަދު ދަރަވަންދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި މެންދުރު 1:00 ގައި ފުޅަދޫއާ ދެކޮޅަށް ނުކުންނާނީ ގޮއިދޫ އެވެ. އަދި ދެވަނަ މެޗުގައި ހަވީރު ކިހާދޫ ދެކޮޅަށް ކުޅޭނީ މުބާރާތުން މިހާރު ކަޓާފައި އޮތް މާޅޮހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.