ދިވެހި ޕްރިމިއާ ދެ ވަނަ ބުރުން ބ. އަތޮޅުގެ 3 ކުޅުންތެރިން ނޮމިނޭޓް ވެއްޖެ

ހަމްޕު ވިކްޓްރީ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ – ފޮޓޯ: ވަގުތު / ޢަބްދުﷲ އަބީދު
ހަމްޕު ވިކްޓްރީ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ. ހަމްޕް ވަނީ ލީގުގެ ދެވަނަ ބުރުން އެންމެ މޮޅު ކުޅުންތެރިޔާ ަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނޮމިނޭޓްވެފައި – ފޮޓޯ: ވަގުތު / ޢަބްދުﷲ އަބީދު

ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ބ. އަތޮޅަށް އުފަން ތިން ކުޅުންތެރިން ހިމެނިއްޖެ އެެވެ.

ނިއުގެ ޝާފީ
ނިއުގެ ޝާފީ

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ އޭދަފުއްޓަށް އުފަން ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓުގެ ޝާފިއު އަހުމަދު (ޝާފީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި ހަމްޒާ އާއި ތުޅާދޫއަށް އުފަން ކްލަބް އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) ވަނީ އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕުން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝާފިއު އަހްމަދު ނޮމިނޭޓްވިއިރު، މުހައްމަދު ހަމްޒާ (ހަމްޕް) އޭރު ހިމެނިފައިވަނީ މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައެވެ. ނަމަވެސް މިފަހަރު ހަމްޕް ވަނީ ސީނިއާ ގަދަ 5 ކުޅުންތެރިން ތެރޭގައިވެސް ހިމެނިފަ އެވެ.

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދެން ވާދަ ކުރަނީ ނިއު ރޭޑިއަންޓުގެ އަސްހަދު އަލީ (އަޑުބަރޭ) އާއި މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާޝިދު (ނާއްޓޭ) އަދި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ.

އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ދެން ވާދަކުރަނީ ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަން (ދާދު) އާއި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އަދި މަހިބަދޫ ސްޕޯޓްސްގެ ސަމޫހު އަލީ (ސަމުއްޓެ) އެވެ.

 

އީގަލްސްގެ އަންކޮ (ކ) މަހިބަދޫގެ ގޯލަށް ބޯޅަ ފޮނުވާލަނީ. -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
އީގަލްސްގެ އަންކޮ (ކ) މަހިބަދޫގެ ގޯލަށް ބޯޅަ ފޮނުވާލަނީ. — ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

ހަވީރު ސްޕޯޓްސް އެވޯޑްސްގް ޕާޓްނަރުންނަކީ އުރީދޫ، އެސްޓީއޯ އަދި މޯލްޑިވިއަން އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސާއި ސޮނީ ސްޕޯޓްސް އާއި އެމްއެޗްއޭ އަދި ބީއެޗްއެމް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.