ސެމީގެ ތިންވަނަ ޖާގަ ފުޅަދޫން ކަށަވަރުކޮށްފި

އަތޮޅު ޗެލެންޖުގައި މާޅޯހާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އަތޮޅު ޗެލެންޖުގައި މާޅޮހާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީގެ ތިންވަނަ ޖާގަ ފުޅަދޫއިން ކަށަވަރުކޮށްފިއެވެ. ފުޅަދޫއަށް ސެމީގެ ޖާގައެއް ލިބުނީ މިއަދު ގޮއިދޫއާ ބައްދަލުކުރި މެޗުން 3-2 އިން ބަލިވިނަމަވެސް އެ ގްރޫޕްގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗްގެ ނަތީޖާ ނުކުތްގޮތުންނެވެ.

މިއަދުގެ ދެވަނަ މެޗްގައި މާޅޮހާއި ކިހާދޫ ބައްދަލުކުރި މެޗް 2-1 އިން ކާމިޔާބު ކުރީ ކިހާދޫ ޓީމެވެ. އެންކަމުން ފުޅަދޫއަށް ގްރޫޕްގެ ދެވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ފުޅަދޫއާއި ގޮއިދޫ ބައްދަލުކުރި މެޗްގެ ފުރަތަމަ ގޯލް 19 ވަނަ މިނިޓުގައި ފުޅަދޫއަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ނިޔާޒް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮއިދޫ ޓީމުގެ އިބްރާހިމް މާޖިދު ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފައެވެ. ގޮއިދޫން މެޗުގައި ޖެހި ދެވަނަ ގޯލް 63 ވަނަ މިނިޓުގައި ޖެހީ އިބްރާހިމް ފަޒީލް އެވެ. އަދި މެޗުގެ 84 ވަނަ މިނިޓުގައި ގޮއިދޫގެ އާދަމް ނިޔާޒް ވަނީ ގޯލެއްޖަހާ ލީޑު ފުޅާކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ފުޅަދޫ ޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ނަޞީރެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައި ފުޅަދޫގެ މައްޗަށް ކިހާދޫ ކުރި ހޯދީ 2-1 ލަނޑުންނެވެ. މި މެޗްގައި ކިހާދޫ ޓީމުގެ ފުރަތަމަ ގޯލް މެޗްގެ 25 މިނިޓުގައި ޖެހީ ޒުވާން ކުޅުންތެރިޔާ ޙުސައިން އީމާން އެވެ. ނަމަވެސް މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް މާޅޮސް ޓީމުގެ އަޙްމަދު މިފްރާހް ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. ކިހާދޫއަށް މެޗްގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް 87 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޙުސައިން ޝާފިޢު އެވެ.

ކުޅުނު ތިންމެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު މި ގްރޫޕްގެ އެއްވަނަ ހޯދީ ގޮއިދޫއެވެ. ފުޅަދޫއަށް ދެވަނަ ލިބުނީ 4 ޕޮއިންޓާއިއެކު ފައިދާ ތިންގޯލުންނެވެ. ކިހާދޫއަށް ތިންވަނަ ލިބުނީ 4 ޕޮއިންޓާއިއެކު ގެއްލުން ހަތަރު ގޯލުންނެވެ. ކުޅުނު ތިން މެޗުންވެސް ބަލިވި މާޅޮހަށް ލިބުނީ ގްރޫޕްގެ ހަތަރުވަނައެވެ. މި މުބާރާތުގެ ދެމެޗު މާދަމާވެސް ކުޅެވޭނެއެވެ. ސެމީގެ ފަހު ޖާގަ ހޯދުމަށް ކުޅެވޭ ފުރަތަމަ މެޗްގައި އޭދަފުށި ނިކުންނާނީ ކުޑަރިކިލާއި ދެކޮޅަށެވެ. މާދަމާ ކުޅޭ ފަހު މެޗުގައި މިހާރުވެސް ސެމީގެ ޖާގައެއް ހޯދާފައިވާ ފެހެންދޫ ބައްދަލުކުރާނީ ދަރަވަންދޫއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.