މޮޅު ކުޅުމަކާއެކު ހިންނަވަރުގެ މައްޗަށް ދުވާފަރު ކުރި ހޯދައިފި

ދުވާފަރު ޓީމު--  ފޮޓޯ / ދުވާފަރު ފުތްބޯލަ ޓީމު
ދުވާފަރު ޓީމު– ފޮޓޯ / ދުވާފަރު ފުތްބޯލަ ޓީމު

މިނިވަން ފަންސާން ޗެމްޕިއަންޝިޕްގެ ޒޯން 3 ގައި މިއަދު ހަވީރު ކުޅުނު މެޗް ހިންނަވަރާއި ވާދަކޮށް 4-0 އިން ދުވާފަރު މޮޅުވެއްޖެއެވެ.

ދުވާފަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެޓީމުގެ ޙަސަން ސުޖާއު (އޯކޭ) ވަނީ ހެޓްރިކެއް ހަދާފައެވެ.

މެޗް ފެށިގެން މާގިނައިރުތަކެއް ނުވެ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝިހާމް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޙަސަން ސުޖާއު އޭނާގެ ފުރަތަމަ ގޯލް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. މުޅި މެޗްގައިވެސް މޮޅު ކުޅެއްދެއްކި ޙަސަން ސުޖާއު އޭނާގެ ދެވަނަ ގޯލާއި ތިންވަނަ ގޯލް ޖެހީ ދެވަނަ ހާފްގައެވެ. އަނިޔާގެ ސަބަބުން މި މެަޗަށް ދުވާފަރު ނިކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ.

މެޗަށްފަހު “އީޓީ” އާ ވާހަކަދައްކަމުން ދުވާފަރު ޓީމުގެ ކޯޗު އަޙްމަދު އަލިފުޅު ބުނީ މެޗުން މޮޅުވީ ސަޕޯޓަރުންނާއި މުޅި ޓީމުގެ ހިތްވަރުން ކަމަށެވެ. އަދި އަނިޔާގެ ސަބަބުން ނުކުޅެވުނު މުހިއްމު ދެކުޅުންތެރިން ދެން އަންނަ މެޗަކަށް ފިޓުވާނެކަމަށްވެސް ކޯޗު ބުންޏެވެ.

“މެޗުން މޮޅުވީ ސަޕޯޓަރުންނާއި މުޅި ޓީމުގެވެސް ހިތްވަރުން. މުހިއްމު ދެކުޅުންތެރިން ނުލާ މިއަދު މި މެޗް ކާމިޔާބުކުރެވުނީ. މި މޮޅާއެކު ދެންކުޅޭ މެޗަކަށްވެސް ދުވާފަރު ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި. މި ނަތީޖާ ނުނެރެވުނަސް ދުވާފަރުން ކޮންމެ މެޗެއްވެސް ކުޅޭނީ މޮޅުވާން”

މި މުބާރާތުގެ މެޗެއް ދެން ކުޅެވޭނީ މިމަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ. އޭދަފުއްޓާއި ހިންނަވަރު ބައްދަލުކުރާ މި މެޗް ކުޅޭނީ ހިންނަވަރުގައެވެ. މި ދެޓީމު އޭދަފުށީގައި ކުޅުނު މެޗް 6-1 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ. ޒޯން 3 ގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު ހިންނަވަރު ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. ދުވާފަރު އަދި އޭދަފުއްޓަށް 3 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބެނީ އޭދަފުއްޓަށެވެ.

 

[hr width=”450px”]
[poll id=”3″]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.