ސެންޓޭ ނިއު ދޫކޮށްލަން ނިންމައިފި: ރިޕޯޓް

ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ):
ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ):

 

ފާއިތުވި ތިން ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ގައުމީ ޓީމުގެ ފޯވާޑް އެ ކްލަބް ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށް ހަވީރު އޮންލައިނުން ރިޕޯޓް ކޮށްފި އެވެ.

ހަވީރު އޮންލައިނުގައި ބުނެފައިވާ ގޮތުގައި އޭދަފުއްޓަށް އުފަން ސެންޓޭ ނިއު ދޫކޮށްލަން ނިންމާފައިވާއިރު، އަންނަ ސީޒަނުގައި އޭނާ ފެނުން އެންމެ ގާތީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ.

ނިއުއާ އެކު މިދިޔަ ތިން އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސެންޓޭ ކްލަބް ދޫކޮށްލަން ނިންމުމާ އެކު އޭނާ ހޯދަން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަވީރު އޮންލައިނުގައި ރިޕޯޓްކޮށްފައިވެ އެވެ.

“އެކަމަކު އަންނަ ސީޒަނުގައި އޭނާ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި ޓީސީން ކަން އެނގިފައިވެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތަމްރީން ހެދުމަށް ގައުމީ ޓީމާ އެކު ފުރުމުގެ ކުރިން އޭނާ ޓީމަކަށް ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ.” ހަވީރު އޮންލައިނުގައި ވެ އެވެ.

2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗެއްގައި ކުޅެނީ - ހަވީރު ފައިލް ފޮޓޯ
2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗެއްގައި ކުޅެނީ – ހަވީރު ފައިލް ފޮޓޯ

ޓީސީން ބުނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިންނަށް ފާރަލަމުން އަންނަ ކަމަށެވެ.

ސެންޓޭ އަކީ މި ސީޒަނަށް ފަހު ނިއު ދޫކޮށްލަން ނިންމި ދެ ވަނަ ކުޅުންތެރިއާ އެވެ. އެޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ސެންޓޭ އެންމެ ފުރަތަމަ ފެނުނީ 2009 ވަނަ އަހަރު އޯލްޔޫތު ލިންކްއޭޖް (އޭވައިއެލް) އިންނެވެ. އެއަށް ފަހު 2010 ވަނަ އަހަރު އޭނާ ކްލަބް ވެލެންސިއާ އަށް ކުޅުނެވެ. އަދި ޖެހިގެން އައި ސީޒަނުގައި ނިއު އަށް ބަދަލުވި އެވެ. އެހެން ނަމަވެސް 2012 ވަނަ އަހަރު ސެންޓޭ ފެެނުނީ ވިކްޓަރީންނެވެ. އޭނާ އަލުން ނިއު އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.