ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ތުޅާދޫގައި ހިގާލުމެއް ބާއްވައިފި

ނަޝީދު މިނިވަންކުރުމަށް ގޮވާލައި ބ. ތުޅާދޫގައި މިއަދު ހަވީރު އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ އެމްޑީޕީ އެފްބީ ޕޭޖް
ނަޝީދު މިނިވަންކުރުމަށް ގޮވާލައި ބ. ތުޅާދޫގައި މިއަދު ހަވީރު އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ އެމްޑީޕީ އެފްބީ ޕޭޖް

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން ތުޅާދޫގައި މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ތުޅާދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި އެ ހިނގާލުމުގައި އެމްޑިޕީ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވި އެވެ.

ހިނގާލުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެ ބޭފުޅުންގެ ޝުއޫރުތައް ފާޅު ކުރެވޭނެ ފަދަ ގޮތަކަށް ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމަށް ކަމަށެވެ.

medium_76188

އެމްޑީޕީން މިފެށި ދަތުރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ރައީސް ޔާމީނަށް ރައްޔިތުންގެ އަޑު އިވެންދެން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ކުރި ޑިމާންޑްތަކަށް ބަހަނާ ދައްކާފައި، ސަރުކާރުން ދަނީ އަނިޔާވެރިކަން އިތުރުކުރަމުން. ރައްޔިތުންގެ އަޑު އިވެގެންދެން ރައްޔިތުން އަޑު އުފުލަމުން ދާނަން. ކިތަންމެ ދަތިތަކެއް ކުރިމަތިވިޔަސް ރައީސް ނަޝީދު މިނިވަން ކުރަން ގޮވާލުން ކުރިއަށް ގެންދާނަން. މާލޭގައި ގާޑިޔަކުގައި ހިނގާލުން ކުރިޔަށް ގެންދަން ޖެހުނަސް، ތުޅާދޫގައި މި ގެންދަނީ ވެހިކަލެއްގައި” ރޮޒެއިނާ ވިދާޅުވިއެވެ.

ތުޅާދޫގައި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ 9.30 އެ ޕާޓީގެ ޖަލްސާއެއް އޮންނާނެއެވެ. އެ ޖަލްސާ ރާއްޖެޓީވީން ވަގުތުން ލައިވް ކުރާނެ އެވެ.

ތުޅާދުއަކީ މިއަތޮޅުގައި އެމްޑީޕީގެ ތާއީދު އެންމެ ބޮޑު އެއް ރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.