ގިނަ ލަނޑުތަކަކާއެކު އޭދަފުށި – ހިންނަވަރު މެޗު އެއްވަރު

އޭދަފުއްޓާ ހިންނަވަރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އަބްދުއްސަލާމް އުމަރު
އޭދަފުއްޓާ ހިންނަވަރު ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ / އަބްދުއްސަލާމް އުމަރު

 

މިނިވަން ފަންސާން ޗެމްޕިއަންޝިޕްގެ ޒޯން 3 ގައި ހިންނަވަރާ ދެކޮޅަށް އޭދަފުށި ކުޅުނު ދެވަނަ މެޗު މިއަދު ހަވީރު 5-5 އިން އެއްވަރުވެއްޖެ އެވެ.

ހިންނަވަރު ދަނޑު ޓާފް ދަނޑުގައި މެޗުގެ 12 ވަނަ  މިނިޓުގައި އޭދަފުއްޓަށް ލީޑު ލިބުނީ އިޝާން އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ 15 ވަރަކަށް މިނިޓް ފަހުން ހިންނަވަރު ޓީމުގެ އިބްރާހިމް އައުސަން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭދަފުއްޓަ އަލުން ލީޑު ނަގައިދިނީ އިބްރާހިމް މާޖިދު ޖެހި ލަނޑުންނެވެ. ނަމަވެސް ހިންނަވަރުން އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިތަނާ އިޝާން އިބްރާހިމް (ސައްޓު) ވަނީ އަނެއްކާވެސް އިތުރު ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭދަފުށިން ވަނީ ހަތަރުވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

ފަހު ހާފުގައި ހިންނަވަރު ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖަހައި ލީޑުގެ ތަފާތު އަނެއްކާވެސް ކުޑަކޮށްފަ އެވެ. ނަމަވެސް މެޗު ނިމެނިކޮށް އަބްދުލްމަޖީދު (މަޖިއްޓޭ) އޭދަފުއްޓަށް ފަސްވަނަ ލަނޑު ޖެހިތަނާ މާ ގިނަ އިރުތަކެއް ނުވެ، ހިންނަވަރުން ވަނީ ފަހު ވަގުތުކޮޅު އިތުރު ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ހިންނަވަރު ޓީމުގެ ކޯޗު މުހައްމަދު ރަޝީދު (ރެޓޭ) ބުނީ އޭދަފުށީ އަތުން ފަހަތުން އަރައި އެއްވަރުވުމަކީ ދެރަ ނަތީޖާއެއް ނޫން ކަމަށާއި އޭދަފުށި ބަލިކުރެވޭނެ ކަމުގެ ފެންވަރު އެބަހުރިކަމަށް ގަބޫލުކުރާ ކަމަށެވެ.

 

“އަހަރެމެން ރަށުގައި ކުޅެ ވަރަށް ބަލި ނުކުރެވޭ މިހާތަނަށް، މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް. އިރާދު ކުރެއްވިއްޔާ ދުވާފަރާ ކުޅޭ މެޗުވެސް ކާމިޔާބުވާނެކަމުގެ އުއްމީދު ވަރަށްބޮޑު،” މެޗަށް ފަހު އީޓީ އާ ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.

މި މެޗުގެ ކުރިންނާއި މެޗު ނިމުމުންވެސް އޭދަފުށީ ޓީމުގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ގެ ބަހެއް ހޯދުމަށް އީޓީން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

ޒޯން 3 ގައި މިދެޓީމުގެ އޭދަފުށީގައި ކުޅުނު މެޗުން ހިންނަވަރުވަނީ 6-1 އިން ބަލިވެފަ އެވެ. ދެން މި މުބާރާތުގައި އޭދަފުށީ އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭނީ ދުވާފަރާ ދެކޮޅަށެވެ.

 

[hr width=”450px”]
[poll id=”3″]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.