އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް އަނަންތަރާ އަށް

އަނަންތަރާ ކިހާވަށް ރިސޯޓްގެ ރެސްޓޯރަންޓް: އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް ހާސިލްކުރީ އެ ރިސޯޓުން.--
އަނަންތަރާ ކިހާވަށް ރިސޯޓްގެ ރެސްޓޯރަންޓް: އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް ހާސިލްކުރީ އެ ރިސޯޓުން.–

 

ވޯލްޑް ޓްރެވަލްސް އެވޯޑުގެ ދުނިޔޭގެ އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓަށް ލިބިއްޖެ އެވެ.

މައިނާ ގްރޫޕުން ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސްއަށް މި އެވޯޑު ލިބިފައިވަނީ މޮރޮކޯގެ ގަލާޒް ގަލްފް އެންޑް ބީޗް ރިސޯޓުގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލްއެވޯޑް ދިނުމުގެ ރަސްމިއްޔާތުގަ އެވެ.

ރާއްޖެއަށް ލިބުނު ބައެއް އެހެން އެވޯޑްތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ލިބޭ އެވޯޑު ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް ލިބިފައިވާއިރު ދުނިޔޭގެ އެއްވަނަ ވޯޓަރވިލާ ރިސޯޓުގެ އެވޯޑު ލިބިފައިވަނީ އަޔާދާ ރިސޯޓަށެވެ. އަދި ދުނިޔޭގެ އެއްވަނަ އެއަރޕޯޓް ހޮޓަލުގެ އެވޯޑު ލިބިފައިވަނީ ހުޅެލޭ އައިލެންޑް ހޮޓަލަށެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި ރިސޯޓުތަކުގެ ބައެއް ވެރިންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގައި ވެސް ގިނަ ވަނަ ތަކެއް ލިބިފައިވެ އެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެ އިން ފަހުރުވެރި ވަނަތަކެއް ހޯދަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.