ވިލާ ކޮލެޖުން ހިލޭ ކިޔުވުމަށް 10 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

• ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު، ސްކޮލަޝިލް ސްކީމް ތައާރަފްކޮށްދެއްވަނީ،--
• ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު، ސްކޮލަޝިލް ސްކީމް ތައާރަފްކޮށްދެއްވަނީ،–

 

ހަތަރު ދާއިރާއަކުން ވިލާ ކޮލެޖުން ހިލޭ ކިޔެވޭ 10 ސްކޮލަޝިޕްގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގައި ބޭއްްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖްގެ ސްކޮލަޝިޕް ސްކީމް އިފްތިތާޙުކޮށްދެއްްވީ ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަޙުމަދު އަންވަރެވެ.

ވިލާ ކޮލެޖުން ހުޅާވާލި 10 ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާގެ ތެރޭގައި ހިމެނޭނީ ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕްގެ ގޮތުގައި ތިން ސްކޮލަރޝިޕް، ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕްގެ ގޮތުގައި ތިން ސްކޮލަޝިޕް، ވިލާ ކޮލެޖު ނުވަތަ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް ގެ ގޮތުގައި ދެ ސްކޮލަޝިޕް އަދި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕްގެ ގޮތުގައި ދެ ސްކޮލަޝިޕެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަޙުމަދު އަންވަރު ވިދާޅުވީ، މިއީ ވިލާ ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަރިވަރުންނަށް ހިލޭ މަތީ ތައުލީމް ޙާސިލްކުރުމަށް ދެވުނު ފުރުސަތެއް ކަމަށެވެ. އަދި ސްކޮލަޝިޕް ދިނުމުގައި އިސްކަންދޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް ކަމަށްވެސް ޑރ އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ވިލާ ކޮލެޖުގައި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނާއި ވިލާ ކޮލެޖުގެ އަތޮޅުތެރޭ ކެމްޕަސް އަދި ލާނިންގ ސެންޓަރުތަކުގައި ތިބި ދަރިވަރުންނަށްވެސް މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ އެވެ.

ވިލާ ކޮލެޖުން އިއުލާންކޮށްފައިވާ 10 ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.