ކަމަދޫން ގޯތި ދޫކުރަނީ

ކަމަދޫ. އެ ރަށުން ދޫކުރާ އަށް ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް ވަނީ އާއްމުކޮށްފައި
ކަމަދޫ. އެ ރަށުން ދޫކުރާ އަށް ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް ވަނީ އާއްމުކޮށްފައި

ބ. ކަމަދޫން ގޯތި ދޫނުކޮށް އޮންނަތާ ތިން އަހަރަށް ފަހު ގޯތި ދޫކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ބ. ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއީލް “އީޓީ” އަށް ވިދާޅުވީ ތިން އަހަރަށް ފަހު އެ ރަށުގެ ދެކުނު ފަރާތުން ކަމަދޫ ސްކޫލުގެ ފުރަގަހުގައި ހުރި ހުސްބައިގެ އިތުރުން މިހާރު ދޫކުރެވިފައިވާ ގޯތި ތަކުގެ ދެކުނަށް އޮންނަ ހުސް ބިމުން ގޯތި ދޫކުރަން ފަށާއިރު މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 8 ގޯތި ކަމަށެވެ.

“ގޯތި ދޫކުރަން ނިންމީ ރައްޔިތުން ގޯތި ބޭނުންވެގެން އެކަމުގެ ޝަކުވާތައް ކުރުމުން. އެގޮތުން 12 ގޯތި ދޫކުރުމަށް ކައުންސިލުގެ ބައްދަލުވުމަކުން ނިންމީ. ނަމަވެސް ހުއްދަ ލިބުނީ 8 ގޯތި ދޫކުރުމަށް.

އަލީ އިސްމާއިލް ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް މިހާރު އާއްމު ކުރެވިފައިވާނެ ކަމަށެވެ. އަދި ގޯތިތައް ލިބޭ ފަރާތްތަކާ ހަވާލުކުރާނީ ޝަކުވާ ފޯމުތައް ބެލުމަށްފަހު ގާނޫނީ އެއްވެސް މައްސަލައެއް އޮތަކަމުގައިވާނަމަ އެކަންތައްތައް ބެލުމަށް ފަހު ކަމަށްވެސް އަލީ އިސްމާއިލް ވިދާޅުވި އެވެ.

“އަދި އެފަދަ މައްސަލައެއް އޮތް ކަމުގައިވާނަމަ ގޯތި ލިބުނުކަމަށް އާއްމުކުރި ލިސްޓްގައި ނަން އޮތަސް އެފަރާތަށް ގޯތި ހަވާލު ނުކުރެވޭނެ. ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށް ކައުންސިލުން ކުޑަ ކޮމެޓިއެއް އެކުލަވާލާނަން. އަދި ގާނޫނީ ލަފާ އެއް ހޯދަންޖެހޭ ފޯމެއް އޮތްކަމުގައިވާނަމަ އެކަން އެޓާނީ ޖެނެރަލުގެ އޮފީހަށް ވެސް ހުށަހަޅާނަން. ގޯރި ހަވާލުކުރާނީ މި ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހު،” އަލީ އިސްމާއިލް ވިދާޅުވި އެވެ.

ކަމަދޫ އަކީ އާބާދީގައި ފައްސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.