ޑައިމަންޑް ކަޕް ފުޓްބޯޅަ މުބާރާތް ވިނާސް ބޯއީސް ކާމިޔާބުކޮށްފި

 ޗެމްޕިއަން ވިނާސް ބޯއީސް ޓްރޮފީއާއެކު
ޗެމްޕިއަން ވިނާސް ބޯއީސް ޓްރޮފީއާއެކު

ބ. ކެންދޫގައި ބޭއްވި ޑައިމަންޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިނާސް ބޯއީސް ހޯދައިފި އެވެ.

ކެންދޫގައި ފުޓްބޯޅައިގެ ރޫހު އާލާކޮށް ފުޓްބޯޅައިގެ ހުނަރު ލިބިފައިވާ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، އެރަށު ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބޭއްވި މުބާރާތް ވިނާސް ބޯއީސް އިން ކާމިޔާބު ކުރީ ފައިނަލުގައި އިއްޔެ ހަވީރު އެފްސީ ވެންގާޑްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 7-8 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 3-3 އިން އެއްވަރުވެފަ އެވެ.

މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ވިނާސް ބޯއީސްގެ މުހައްމަދު ސްފަވާން އާއި މަފްރޫހު ޒާކިރާއި އެފްސީ ވެންގާޑްގެ ޔަޒީދު އަހުމަދެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ވިނާސް ބޯއީސްގެ މުހައްމަދު އައްބާސް ހޮވުނުއިރު، މުބާރާތުގައި އެންމެ ގިނަ ލަޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ވެންގާޑުގެ އަލީ ޖައިލަމް އެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ރަނާ އަޕް އެފްސީ ވެންގާޑް އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ރައީސް މުހައްމަދު އިގްބާލު އެެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ. ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.