އޭދަފުށީގެ ތިން ކުޅުންތެރިންނާއެކު މިފަހަރު އަންކޮވެސް ޤައުމީ ޓީމުގައި

ގައުމީ ފުޓުބޯޅަ ޓީމުން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި އޭދަފުއްޓަށް އުފަން ތިން ކުޅުންތެރިން
ގައުމީ ފުޓުބޯޅަ ޓީމުން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި އޭދަފުއްޓަށް އުފަން ތިން ކުޅުންތެރިން

 

ސާފް ސުޒުކީ ކަޕަށް އެކުލަވާލި ޤައުމީ ސްކޮޑުގައި އޭދަފުއްޓަށް ނިސްބަތްވާ ތިން ކުޅުންތެރިއަކު މިފަހަރުވެސް ހިމެނުނު އިރު ތުޅާދޫއަށް ނިސްބަތްވާ އަންސަރު އިބްރާހިމް (އަންކޮ) ވެސް ޤައުމީ ސްކޮޑުން ޖާގަ ހޯދައިފިއެވެ.

މުބާރާތަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑުގައި އޭދަފުށިން ހިމެނެނީ ނިއުގެ ޝާފިއު އަޙްމަދު އާއި އެޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަދި މިހާރު ޓީސީ ސްޕޯޓްސް އަށް ބަދަލުވެފައިވާ ޢަލީ ފާސިރު (ސެންޓޭ) އެވެ. މި ތިންކުޅުންތެރިންނަކީވެސް ފަހަކަށް އައިސް ޤައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ތިން ކުޅުންތެރިންނެވެ.

އަންކޮ ގައުމީ ޓީމާ އެކު ފަރިތަކުރަނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
އަންކޮ ގައުމީ ޓީމާ އެކު ފަރިތަކުރަނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

 

އީގަލްސްގެ އުއްމީދީ ކުޅުންތެރިޔާ އަންސަރު އިބްރާހިމް (އަންކޮ) މިފަދަ ބޮޑު މުބާރާތެއްގައި ހިމެނޭ މިއީ ފުރަތަމަ ފަހަރެވެ. އަންކޮ ވަނީ މި ސީޒަނުގައި އީގަލްސްގައި މޮޅު ކުޅުމެއްދައްކާފައެވެ. ޤައުމީ ޓީމުގައި ހިމެނޭ މި ޒޯން ނިސްބަތްވާ އަނެއް ކުޅުންތެރިޔަކީ މިދިޔަ އަހަރުގެ ރާއްޖޭގެ ތިންވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދި އިސްމާޢީލް އީސާ (މެސީ) އެވެ. އިސްމާޢީލް އީސާ ނިސްބަތްވަނީ ރ. ދުވާފަރަށެވެ.

އިސްމާޢީލް އީސާ (މެސީ)
އިސްމާޢީލް އީސާ (މެސީ)

 

ސާފް ސުޒުކީ ކަޕް މިފަހަރު އޮންނާނީ އިންޑިޔާގެ ޓްރިވެންޑްރަމްގައެވެ. މި މުބާރާތް މާދަމާ ފަށާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަދު 15:00 ގައެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބޫޓާން އާއެވެ.

ޤައުމީ ސްކޮޑް

އަންސަރު އިބްރާހީމް (އަންކޮ)
އިމްރާން މުޙައްމަދު
ޢަލީ ސަމްދޫހު
ސަމްދޫހު މުޙައްމަދު
ޢަލީ އަމްދާން (އެންޑީ)
އިސްމާޢީލް އީސާ (މެސީ)
އަސްހަދު ޢަލީ (އަޑުބަރޭ)
އަހުމަދު ނާޝިދު (ނާއްޓޭ)
އަސަދުﷲ އަބްދުﷲ
އަހުމަދު އިމާޒް (އާއްކޮ)
ޝާފިއު އަހުމަދު
ހަމްޒާ މުޙައްމަދު (ހަމްޕު)
މުޙައްމަދު އިމްރާން
ޢަލީ ފާސިރު (ސެންޓޭ)
އަހުމަދު އަބްދުﷲ (ލިލީ)
ޙަސަން ނާއިޒް (ދާދު)
އިބްރާހިމް އަބްދުﷲ (އިއްބެ)
ޢަލީ އަޝްފާގު (ދަގަނޑޭ)
މުޙައްމަދު އާރިފް (ބަކާ)
މުޙައްމަދު ފައިސަލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.