އާ ލައިޓް ސިސްޓަމް ހަރުކޮށް ފުޓްސަލް ދަނޑު ދިއްލާލައިފި

އޭދަފުށީ ފުޓްސަލް ދަނޑު. އާ ލައިޓް ސސްޓަމް ހަރުކޮށް ދަނޑުވަނީ މިހާރު ވަނީ ޒުވާނުން ބޭނުންވާވަރަށް ދިއްލާލައިފައި -- އީޓީ ފޮޓޯ
އޭދަފުށީ ފުޓްސަލް ދަނޑު. އާ ލައިޓް ސސްޓަމް ހަރުކޮށް ދަނޑުވަނީ މިހާރު ވަނީ ޒުވާނުން ބޭނުންވާވަރަށް ދިއްލާލައިފައި — އީޓީ ފޮޓޯ

 

ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި އެޅި ފުޓްސަލު ދަނޑުގައި ފުރަތަމަ ބެހެއްޓި ލައިޓް ސިސްޓަމުން ދަނޑަށް ފުދޭވަރުގެ އަލިކަން ނުލިބޭ މައްސަލަ ހައްލުކުރުމަށް ގެނައި އާ ލައިޓް ސިސްޓަމް ހަރުކޮށް ޒުވާނުން ބޭނުންވާވަރަށް ދަނޑު ދިއްލާލައިފި އެވެ.

މިހާރު ހަރުކޮށްފައިހުރި އާ ލައިޓް ސިސްޓަމުގައި ހިމެނެނީ ހުދު އަލި ހުންނަ 1000 ވޯޓްގެ 12 ލައިޓެވެ. ދަނޑު ހުޅުވިއިރު ހަރުކޮށްފައި ހުރީ 500 ވޯޓްގެ ރަތް އަލި ހުންނަ 12 ލައިޓެވެ. އާ ލައިޓް ސިސްޓަމް ލިބުނީ އެ ލައިޓަތަކުން އެކަށީގެންވާ ވަރަށް އަލި ނުލިބޭތީ ފުޓްބޯޅަ ކުޅޭ ޒުވާނުން ޝަކުވާ ކުރާތާ އެތައް ދުވަހެއްވީ ފަހުންނެވެ. އާ ލައިޓް ސިސްޓަމް ޖުލައިމަހުތެރޭ ކައުންސިލަށް ލިބުނުއިރު އޭގެ ފޯމަރުތަކެއް ނުލިބެއެެވެ.

އަނެއްކޮޅުން ފޯމަރުތައްލިބި އާ ލައިޓް ސިސްޓަމް ހަރުކޮށް ނިމުނީ ކުރީގެ ލައިޓްތައް ނަގާފައި ހުންނަތާ އެތައް މަސްދުވަސްވީ ފަހުންނެވެ.
އާ ލައިޓް ސިސްޓަމް ހަރުކޮށް ދަނޑު ދިއްލިފަހުން ކޮންމެ ރެއެއްގެވެސް 8:30 ން :12:00 އަށް ކުދިންނާއި ޒުވާނުން ދަނީ ދަނޑުގެ ބޭނުން ހިފަމުންނެވެ. ބައެއް ރޭ އެކެއް ޖަހަންދެންވެސް ބައެއް ޒުވާނުން އެ ދަނޑުގައި ކުޅެމުންދެ އެވެ.

“އަދި ކިރިޔާ މި ދަނޑަށް އަލިކަން މި ލިބުނީ، މިހާރު ދެން ރޭނގަޑުވެސް ދަނޑު ބޭނުންކޮށްލެވޭތީ ހިއްހަމަޖެހޭ، އެކަމު މިހާރު އަނެއްކާވެސް އިތުރަށް ރަަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތައް އެބަހުރި، ގޯލްގެ ދާނގަޑުތައް ވެސް އެ ހުރީ ހަލާކުވެފައި، ބެންޗުތައްވެސް ދަނީ ހަލާކުވަމުން، އުއްމީދުކުރަން ޝަކުވާ ކުރުމުގެ ކުރިން އެކަންކަމަށްވެސް އަވަސް ހައްލެއް އަންނާނެ ކަމަށް،” ރޭ ފުޓްސަލް ދަނޑަށް ކުޅެން ގޮސްހުރި ޒުވާނަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.