މަސައްކަތްތެރިކަމުގެ މައުރަޒުން ތުޅާދޫ ދެ މީހަކު ދެ ކެޓަގަރީއަކުން އެއްވަނަ

މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ލިޔެލާޖެހި ބައެއް ތަކެތި: މައުރަޒުގައި ތުޅާދޫ މީހުންގެ އުފެއްދުންތައް ގިނަ.---ހަވީރު ފޮޓޯ: ނިޝާން އަލީ
މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ލިޔެލާޖެހި ބައެއް ތަކެތި: މައުރަޒުގައި ތުޅާދޫ މީހުންގެ އުފެއްދުންތައް ގިނަ.—ހަވީރު ފޮޓޯ: ނިޝާން އަލީ

މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒުގައި ތަކެތި ބައިވެރިކުރި ބ. އަތޮޅު ތުޅާދޫ މީހުންގެ ތެރެއިން ދެ މީހަކު ދެ ކެޓަގަރީއަކުން އެއްވަނަ ހޯދައިފި އެވެ.

ލަކުޑީގެ މަސައްކަތުގެ ކެޓަގަރީން އެއްވަނަ ހޯދީ ތުޅާދޫ، ހިއްމަތް މުހައްމަދު މާހިރު އެއްވަނަ ހޯދިއިރު، ލާ ޖެހި ކެޓަގަރީން އެއްވަނ ހޯދީ އެރަށު، ރިޔާޒު އަބްދުލް އަޒީމް އަބްދުއްރަހީމް އެވެ.

މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒުން އެއްވަނަ ލިބުނީ ސްކިން ކެންޑީގެ އުފެއްދުންތެރިޔާ ލުބްނާ ޒާހިރު ހުސެއިން އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މައުރަޒުގެ އެއްވަނަ މަގާމުގެ އިތުރުން އެކި ކެޓަގަރީތަކުން އެންމެ މަތީ މާކްސް ހޯދި ފަސް މީހަކަށް އިނާމްގެ ގޮތުގައި އެ މިނިސްޓްރީން ދޫކުރާ އެސްއެމްއީ ލޯނު ހަވާލުކޮށްފަ އެވެ.

މިފަހަރުގެ މައުރަޒުގައި ވެސް އެންމެ ގިނަ އަދަދަކަށް ފެންނަން ހުރި އެއް ބާވަތަތަކީ ބ. ތުޅާދޫ މީހުން ޒަމާނުއްސުރެ އުފައްދާ ލިޔެލާޖެހި ތަފާތު އުފެއްދުންތަކެވެ. ތުޅާދޫ މީހުން ބައިވެރިކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ލިޔެ ލާޖެހިފައިވާ އެކި ސައިޒުގެ ވާސް އާއި ގާހަނާ އަޅަން ބޭނުންކުރާ އެކި ސައިޒުގެ ދަޅާއި ބަނޑިޔާ އަދި ގޭގެތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ކަހަލަ ތަކެއްޗެވެ.

މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ލިޔެލާޖެހި ބައެއް ތަކެތި: މައުރަޒުގައި ތުޅާދޫ މީހުންގެ އުފެއްދުންތައް ގިނަ.---ހަވީރު ފޮޓޯ: ނިޝާން އަލީ
މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ލިޔެލާޖެހި ބައެއް ތަކެތި: މައުރަޒުގައި ތުޅާދޫ މީހުންގެ އުފެއްދުންތައް ގިނަ.—ހަވީރު ފޮޓޯ: ނިޝާން އަލީ

ލާޖެހި ތަކެތީގެ ކެޓަގަރީން ދެވަނަ ހޯދި އެ ރަށު ޔޫސުފް ޒަކަރިއްޔާ ބުނީ މައުރަޒުގައި ތަކެތި ބައިވެރިކުރަން އެކަށީގެންވާ މުއްދަތެއް ނުލިބުނު ކަމަށެވެ.

“އެކަށީގެންވާ ވަގުތު ލިބުނު ނަމަ މިއަށްވުރެ ގިނަ ތަކެތި ބައިވެރިކުރެވޭނެ. މިހާރު މިތަނުގައި ބަހައްޓާފައި މިހިރީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތައްޔާރުކުރި ތަކެތި،” އޭނާ ބުންޏެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށްދާ މައުރަޒުގައި ތިން ކެޓަގަރީއަކުން 38 ގިންތިއަކުން 3،500 އަަށްވުރެ ގިނަ އައިޓަމް ބައިވެރިކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.