އިންޖީނުގެއިން ފައިސާތަކެއް މަދުވި މައްސަލައެއް ފެންމަތިވެއްޖެ!

ފެނަކަ އޭދަފުށީ އިންޖީނުގެ
ފެނަކަ އޭދަފުށީ އިންޖީނުގެ

ފެނަކަ ކޯޕަރޭޝަންގެ ބ. އޭދަފުށީ އިންޖީނުގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް މަދުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އެތަނުގެ ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ފައިސާ މަދުވިކަން އެނގުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެ ފައިސާ ގެއްލުނުއިރު ތިޖޫރީއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެނގިފައިވެ އެވެ.

“ފައިސާ މަދުވިކަން އެނގުނު ދުވަހު ތިޖޫރީއާ ހަވާލުވެތިބި ދެ މުވައްޒަފުންވެސް ތިބީ ޗުއްޓީގައި. އޭރު އެހެން މުވައްޒަފަކަށް ވަނީ ތިޖޫރީ ހަވާލުކޮށްފައި، ގެއްލުނުކަމަށް ބުނަނީ 22،000 ރުފިޔާކަމަށް. ފައިސާ މިހާރު ހަމަކޮށްގެން ބަރާބަރަށް ރޯލްވެސް ކުރޭ. ފައިސާ ހަމަކުރިގޮތެއް ބުނާކަށް ނޭނގޭ. މިއީ ކޮން މުވައްޒަފެއްގެ އިހުމާލުންވީ ކަމެއްކަމެއް މިހާތަނަށް އަދި ހޯދިފައެއް ނުވޭ،” ނަން ހާމަނުކުރުމަށްއެދި އިންޖީނުގޭގެ މުވައްޒަފަކު “އީޓީ” އަށް ކިޔައިދިނެވެ.

“މި މައްސަލައާ ގުޅިގެން މިތަނުގައި ސްޓާފް މީޓިންއެއް ބާއްވައި ފައިސާ ނެގި މީހަކު އަމިއްލައަށް ބުނަން އެއްދުވަހުގެ މުހުލަތެއްވެސް ދިން. އެހެންނޫނީ ފުލުހުން ގެންނާނެ ކަމަށް ބުނި، މިކަން އޮތީ ވަރަށްބޮޑަށް ސިއްރުކޮށްފައި. މިވާހަކަ ނުދެއްކަމަށްވެސް މުވައްޒަފުންނަށް އޮތީ އަންގާފައި،”

މި މައްސައާ ގުޅިގެން “އީޓީ” ން މިއަދު އޭދަފުށީ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރު އަހްމަދު އަންވަރަށް ތިން ފަހަރުމަތިން ގުޅުމުންވެސް އަވަދިނެތި އުޅުއްވާތީ، ރަސްމީ ޖަވާބެއް ލިބޭގޮތްވަނީ ނުވެފައެވެ.

ފައިސާ ގެއްލުނީ ސީދާ ކިހިނެއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެތަނަށް ލިބޭ ފައިސާ ރައްކާކުރާ ތިޖޫރީ ހުންނަނީ ކޮންޓްރޯލް ރޫމުގަ އެވެ. ފައިސާތައް ގެއްލުނުއިރު، ތީޖޫރީއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އެދުވަހު ކޮންޓްރޯލް ރޫމުގައި ޑިއުޓީ ކުރި ބައެއް މުވައްފަޒުންގެ އަތުން ބަޔާން ނަގާފައިވާކަންވެސް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މީގެ 15 ވަރަކަށް އަހަރު ކުރިންވެސް އޭދަފުށީ އިންޖީނުގޭގައި ހުރި ފައިސާތަކެއް މަދުވި މައްސަލައެއް ފެންމަތިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.