ނިޔާމަ ބޯޓުގައި ރޯވެ ބޮޑުބައެއް އަނދައިފި

Untitled

އޭދަފުށީ “ނިޔާމަ” ބޯޓުގައި އަލިފާން ރޯވެ ދޯނީގެ ބޮޑުބައެއް އަނދާ ހުލިވެއްޖެ އެވެ.

އޭދަފުއްޓާ މާލެއާ ދެމެދު ނާލު ދަތުރުކުރާ މި ބޯޓުގައި އަލިވާން ރޯވީ ތުޅާދޫ ބަނދަރުގައި އަޅާފައި އޮތްވައި ރޭ ދަންވަރު ތިނެއްޖަހާ އެހާކަން ހާއިރު އެވެ.

“ބޯޓުގެ ބަނޑުފިލައަށް ލިބުނު ގެއްލުމެއް އަދި ނޭނގޭ. މަތިން ފެންނަން މިހުރި ބޯޓުގެ ބައިތައް މިވަނީ އަނދާ ހުލިވެފައި. ފަތިސްވެ އަލިވީމާ ލިބުނު ގެއްލުން މުޅިން ސާފުވާނީ. އިންޝުއަރެންސް ހަދާފައިވާ ކަން ވެސް އިނގޭނީ އަޅުގަނޑުގެ ކޮއްކޮއަށް. އޭނާ ވެސް މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމުން އެ މައުލޫމާތު މިވަގުތު ނޭނގޭ،” ނައީމް ބުންޏެވެ.

މި ބޯޓުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

Untitled

“ބޯޓުގެ ފަޅުވެރިޔަކު އަޅުގަނޑަށް ގުޅާފައި ބުނީމާ އަޅުގަނޑުވެސް މިއައީ ބޯޓް ކައިރިއަށް. އެމީހުން ބުނަނީ ބާރު އަޑެއް ކިޔާފައި ރޯވީ ކަމަށް،” ނައީމް ބުންޏެވެ.

އޭނާ ބުނީ ބޯޓުގައި އަލިފާން ރޯވި އިރު ބޯޓުގައި މުދާ ނުހުންނާނެ ކަަމަށާއި ބޯޓު އޮތީ ދޮވެ ސާފުކޮށްފައި ކަމަށެވެ. އަދި އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ހަމައެކަނި އެ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިން ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށްވެސް ނައީމް ބުންޏެވެ.

ނިޔާމަ ބޯޓުގައި އަލިފާން ރޯވުމާއި ގުޅިގެން މި ބޯޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި ކަމަށް ތުޅާދޫ އިން ވާހަކަދެއްކި ބަހެއް މީހުން ބުނެ އެވެ.

ނިޔާމަ ބޯޓަކީ މީގެ ހަތް އަހަރު ކުރިން ބަނދެފައިވާ 80 ފޫޓްގެ ބޮޑު ބޯޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.