ނިޔާމަ ބޯޓުގައި ރޯވި ވަގުތު ބާރު އަޑެއް އިވުނު

އޭދަފުށި "ނިޔާމަ" ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.---ފޮޓޯ: ކިޔުންތެރިއެއް
އޭދަފުށި “ނިޔާމަ” ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.—ފޮޓޯ: ކިޔުންތެރިއެއް

ބ. ތުޅާދޫ ފަޅުތެރޭގައި އޭދަފުށީ “ނިޔާމަ” ބޯޓުގައި ރޭ ދަންވަރު އަލިފާން ރޯވި ވަގުތު ބޯޓު ތެރެއިން ބާރުގަދަ އަޑެއް އިވުނު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު “އީޓީ” އަށް ވިދާޅުވީ އެ ބޯޓުގައި ރޯ ވަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ނަމަވެސް އެވަގުތު ބޯޑުން އަޑެއް އިވުނުކަމަށް އޭގައިތިބި ބިދޭސީ މީހުން ބުނި ކަމަށެވެ.

“ރޯވި ވަގުތު އޭގައި ބަނގްލަދޭޝްގެ ފަސް މީހަކު ތިބިކަމަށްވަނީ، އެމީހުނަށްވެސް ރޯވި ސަބަބެއް ނޭނގޭ. ތަންކޮޅެއް ބާރު އަޑެއް އިވިގެން ބެލިއިރު ރޯވެފައި ހުރިކަމަށް އެމީހުން ބުނަނީ،”

ނިޔާމަ ބޯޓުގައި ރޯވީ ތުޅާދޫ ބަނދަރުގައި އޮއްވައި ރޭ ދަންވަރު 2:30 ވާން އުޅެނިކޮށެވެ. މި އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ބަންގްލަދޭޝްގެ ފަސް މީހަކު ތިބި ނަމަވެސް އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ސަލާމަތް ވެފަ އެވެ.

ފުލުހުންނާއި ތުޅާދޫގެ ރައްޔިތުން ނުކުމެ ކުރި މަަސައްކަތުން ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވޭވަރުވީ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ. އޭރު ބޯޓުގެ ގެ ގަނޑު އެއްކޮށްވަނީ އަނދައިގެން ގޮސްފައެވެ.

އޭދަފުށި "ނިޔާމަ" ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.---ފޮޓޯ: ކިޔުންތެރިއެއް
އޭދަފުށި “ނިޔާމަ” ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.—ފޮޓޯ: ކިޔުންތެރިއެއް

ފުލުހުން ބުނީ ބޯޓުގެ ވެރިފަރާތާ ގުޅިގެން ނިޔާމަ ބޯޓަށް ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށެވެ.

“މި މައްސަލަ ތަހުގީގު ކުރުމަށް އޭދަފުށިންވެސް މިހާރު ފުލުހުން ތުޅަދޫއަށް ގޮސްފައިވަނީ. އަދި އިތުރު އެހީ ބޭނުންވަންޏާ މިކޮޅުން [މާލެއިން] ވެސް އިތުރަށް ފުލުހުން ފޮނުވާގޮތަށް އޮތީ”

މީގެ ހަތް އަހަރު ކުރިން ބަނދެފައިވާ، ގާތްގަނޑަކަށް 80 ފޫޓުގެ “ނިޔާމަ” ބޯޓު އާންމުކޮށް ދަތުރުކުރަނީ އޭދަފުށި، ހިތާދޫ، ތުޅާދޫ އަދި މާލެއާ ދެމެދުގަ އެވެ. އެ ބޮޑުގައި ދަންވަރު ރޯވި އިރު މީގެ ކުރިންވެސް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ލިބުމުގެ ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ.

“ނިޔާމަ” ބޯޓު ތުޅާދު އަށް ބަނދަރު ކޮށްފައި އޮތީ މާދަމާރޭ މާލެއަށް ފުރަން އެ ރަށުން މުދާ އެރުވުމަށެވެ.

އެ ބޯޓް ކަފު ޖަހައިގެން އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.