އޭދަފުށީ ޓީމަށް މެމްބަރު ސަލީމް ފަރިއްކޮޅެއް ދެއްވައިފި

ސިޓީގާޑްންގައި އޭދަފުށި ފުޓްބޯޅަ ޓީމަށް އެމްޕީ ސަލީމް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި އިސްލާމިކު މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ
ސިޓީގާޑްންގައި އޭދަފުށި ފުޓްބޯޅަ ޓީމަށް އެމްޕީ ސަލީމް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި އިސްލާމިކު މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ

މިނިވަން50 ޗެމްޕިއަންޝިޕް ޒޯން3 ގެ ޗެމްޕިއަންކަން އޭދަފުށި ހޯދުމާ ގުޅިގެން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް) ފަރިއްކޮޅެއް ދެއްވައިފި އެވެ.

 

މާލޭގެ ސިޓީ ގާޑްން ރެސްޓޯރެންޓްގައި ބުރާސްފަތި ދުވަހުރޭ އޮތް މި ފަރިއްކޮޅުގައި ފުޓްބޯޅަ ޓީމާއި އޮފިޝަލުންގެ އިތުރުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު އަބްދުލްބާގިރު އާއި އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލީ ރަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

އޭދަފުއްޓަށް ޗެމްޕިއަންކަން ލިބުނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިގެންނެވެ. މުބާރާތުގައި އޭދަފުއްޓަށް މޮޅު ނުވެވުނީ ރަށުން ބޭރުގައި ހިންނަވަރު އަތުންނެވެ. 3 ޕޮއިންޓާއި އެކު ދުވާފަރަށް ދެވަނަ ލިބޭއިރު ގްެރޫޕްގެ ފުލަށް ހިންވަރު ދިޔައީ އެއް ޕޮއިންޓާއެކުއެވެ.

އޭދަފުށި ފުޓްބޯޅަ ޓީމު
އޭދަފުށި ފުޓްބޯޅަ ޓީމު

ޒޯން މުބާރާތް ކާމިޔާބުކުރުމާއިއެކު އޭދަފުއްޓަށް ވަނީ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުން ފުރުޞަތު ލިބިފައެވެ. ތިންވަނަ ބުރު މާދަމާ ފަށާ ގޮތަށް ފުޓްބޯޅަ އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ މެޗުތައްް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ. އުތުރަށް ނިސްބަތްވާ ޒޯން ޗެމްޕިއަން ޓީމުތަކުގެ މެޗުތަށް ކުޅޭނީ ހދ. ކުޅުދުއްފުށީގަ އެވެ.

އޭދަފުއްޓާއެކު ގްރޫޕް “އޭ” ގައި ދެން ހިމެނެނީ ހދ. ނޮޅިވަރަމް އާއި ށ. ފޯކައިދޫ އަދި އދ. މާމިގިއްޔެވެ. ގްރޫޕް “ބީ” ގައިި ހިމެނެނީ ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމަތޮޑާ އަދި ސ. ފޭދޫ ޓީމެވެ.

މި މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ އދ. މާމިގިއްޔާއެވެ. އޭދަފުށީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމް އާއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 18 ވާ ހޯމަ ދުވަހު އޭދަފުށި ނިކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ޝެޑިއުލް ކޮށްފައިވަނީ އައްޑޫ ސިޓީ ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.