އޭދަފުއްޓާއި މާމިގިލީގެ މެޗު އެއްވަރު

އޭދަފުއްޓާއި މާމިގިލީ މިއަދު ހަވީރު ކުޅެނީ. --ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
އޭދަފުއްޓާއި މާމިގިލި މިއަދު ހަވީރު ކުޅެނީ. –ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

މިނިވަން ފަންސާސް މުބާރާތުގެ ތިންވަނަ ބުރުގައި މިއަދު ހަވީރު އޭދަފުއްޓާާއި މާމިގިލީ ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވެއްޖެ އެވެ.

ކުޅުދުއްފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި ލީޑު ނެގީ މާމިގިލީ ޓީމުންނެވެ. އެ ޓީމަށް 13 ވަނަ މިނެޓުގައި ލީޑު ހޯދައިދިނީ ނިޝާން މުހައްމަދެވެ. އެކަމަކު އޭދަފުށީ ޓީމުގެ އާދަމު ނިޒާމު (ކިތުނާ) އޭގެ ދެ މިނިޓްފަހުން ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވި އެވެ.

ނަމަވެސް 35 ވަނަ މިނިޓްގައި މުހައްމަދު އަތީފު ވަނީ މާމިގިލީ ޓީމަށް އަލުން ލީޑު ހޯދައިދީފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން މާމިގިލީގެ ނިޝާމުވަނީ އަނެއްކާވެސް ލަނޑެއްޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

އޭދަފުއްޓާއި މާމިގިލި މިއަދު ހަވީރު ކުޅެނީ. --ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
އޭދަފުއްޓާއި މާމިގިލި މިއަދު ހަވީރު ކުޅެނީ. –ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްތެރޭ އޭދަފުށީ ޓީމުގެ ކިތުނާ ބޮލުން ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލިތާ އިރުކޮޅެއް ނުވަނީސްް މާމިގިލީގެ ނިޝާމު ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ނަމަވެސް އޭދަފުށީ ޓީމުން ކުޅުން ރަނގަޅުކޮށް 66 ވަނަ މިނިޓްގައި މުހައްމަދު ރިޔާޒު (ބަފޯ) ވަނީ ނަތީޖާ 4-3 އަށް ބަދަލުކޮށްލާފަ އެވެ.

މާމިގިލީ ޓީމު މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ 89 ވަނަ މިނިޓުގައި ރިޔާޒުވަނީ އޭދަފުއްޓަށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މުބާރާތުގައި އޭދަފުށީ ކުޅޭ ދެވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ހދ. ނޮޅިވަރަމު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.