އޮންލައިން ވިޔަފާރިކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުން އޮންލައިންކޮށް ވިޔަފާރިކޮށްގެން 20،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

“ސްޓޭ ހޯމް” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ގިނަ އޮންލައިން ޓްރާންސެކްޝަން ހަދާ ކަސްޓަމަރަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 20،000 ރުފިޔާ ލިބޭނެ އެވެ.

އެމްއައިބީން ބުނި ގޮތުގައި މި ފްރޮމޯޝަނުގައި ބައިވެރިވެވެނީ، އެމްއައިބީގެ “ފައިސާ ޕޭ” އާއި “ފައިސާ މޯބައިލް” އަދި “ފައިސާ ކާޑު” ގެ އިތުރުން “ފައިސާ ނެޓު” ބޭނުން ކޮށްގެން ފަސް ޓްރާންސެކްޝަނަށްވުރެ ގިނަ ޓްރާންސެކްޝަން ހެދުމުންނެވެ.

އެގޮތުން އެންމެ ގިނައިން ޓްރާންސެކްޝަން ހަދާ ކަސްޓަމަރުގެ އިތުރުން އިތުރު ފަސް ނަސީބުވެރިއެއްގެ އިތުރުން، ދެވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަސް ކަސްޓަމަރުންނަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާކަމަށް ވެސް އެމްއައިބީ އިން ބުންޏެވެ.

މީގެ އިތުރުން އެ ބޭންކުގެ އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން 250 ރުފިޔާގެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުން ދައްކާ ފައިސާގެ ދެ ޕަސެންޓް އަނބުރާ ލިބޭނެ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފައެވެ.

ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ފައިސާގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުމަށް ކަމާބެހޭ ފަރާތްތަކުންވެސް ދަނީ ބާރު އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.