ފަސޭހަކަމާއެކު މޮޅުވެ އޭދަފުށި ގްރޫޕުގެ ކުރިއަށް

ނޮޅިވަރަމު ކުޅުންތެރިއަކު ކައިރިން ފާއްޓެ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ނޮޅިވަރަމު ކުޅުންތެރިއަކު ކައިރިން ފާއްޓެ ބޯޅަ ހިފައިގެންދަނީ.– ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ނޮޅިވަރަމު އަތުން ފަސޭހަކަމާއެކު 4-1 އިން މޮޅުވެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ އެއްވަނަ އަށް އޭދަފުށި އަރައިފި އެވެ.

މި މޮޅާއެކު ފުރަތަމަ މެޗުން އެއްވަރުވި އޭދަފުށި ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެއްމެޗު ކުޅެ ތިން ޕޮއިންޓާ އެކު އޮތީ ށ. ފޯކައިދޫ އެވެ. އެއް ޕޮއިންޓާއެކު ތިން ވަނައިގައި އދ. މާމިގިލި އޮތްއިރު ކުޅުނު ދެ މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ނޮޅިވަރަމު އޮތީ ތާވަލުގެ ފުލުގަ އެވެ.

މުބާރާތުގައި މާދަމާ ފޯކައިދޫ އާއި މާމިގިލި ކުޅޭ މެޗަށް ފަހު ޕޮއިންޓް ތާވަލަށް ބަދަލުތަކެއް އަންނާނެ އެވެ.

12509344_1265256343491192_4610553149216080390_n (2)

ކުޅުދުއްފުށީ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގެ ދެވަނަ މިނިޓްގައި އާދަމް ނިޒާމު (ކިތުނާ) އޭދަފުށީ ޓީމަށް ލީޑު ނަގައިދިނެވެ. އަދި އޭގެ އަށް މިނިޓްފަހުން މުހައްމަދު ފާސިރު (ފާއްޓެ) ވަނީ އޭދަފުށީ ޓީމަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފް ފެށިތަނާ ނޮޅިވަރަމު އަށް ތަފާތު ކުޑަކޮށްދިނީ އެ ޓީމުގެ އަބްދުއްރަހީމް އަބޫބަކުރު އެވެ. ނަމަވެސް އޭގެ ދިހަވަރަކަށް މިނިޓްފަހުން އޭދަފުށީ ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު (މަޖިއްޓޭ) ވަނީ އިތުރު ލަނޑެއްޖަހައި އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ. އޭދަފުށީ ޓީމުގެ ހަތަރުވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކިތުނާ އެވެ. މިއީ ކިތުނާ މުބާރާތުގެ ތިންވަނަ ބުރުގައި ޖެހި ހަތަރުވަނަ ލަނޑެވެ.

މުބާރާތުގައި އޭދަފުށި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.