އޭދަފުށި-ފަރެސްމާތޮޑާ މެޗު ޓީވީއެމް އިން ވަގުތުން ދެއްކުމުގެ ފުރުސަަތު ކުޑަ

އޭދަފުއްޓާ ފޮކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ކުޅުދުއްފުށި އޮންލައިން
އޭދަފުއްޓާ ފޮކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ / ކުޅުދުއްފުށި އޮންލައިން

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު އޭދަފުއްޓާއި ފަރެސްމާތޮޑާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ޓީވީއެމް އިން ވަގުތުން ދެއްކުމުގެ ފުރުޞަތު ކުޑަވެއްޖެ އެވެ.

ސެމީ ފައިނަލުން ފެށިގެން މުބާރާތުގެ މެޗުތައް ލައިވް ކުރާނެކަމަށް ޕަބްލިކް ސާވިސް މީޑިޔާއިން ބުނެފައިވީ ނަމަވެސް އެ މެޗު ފެނުމުގެ އުއްމީދު ކުޑަވީ ބަންގުބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގަޑި މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗާއި ދިމާވާތީ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު އަންނަ ހުކުރު ދުވަހު ހަވީރު 15:45 ގައި އައްޑޫ ސިޓީގައި ކުޅެން ޝެޑިއުލް ކޮށްފައިވާއިރު ބަންގުބަންދު ގޯލްޑް ކަޕްގެ ފައިނަލް މެޗު ފަށާ ގަޑިއަކީ ހަމަ އެ ދުވަހުގެ 16:00 އެވެ.

ބޮޑު ޚަރަދެއް ކޮށްފައި ގޯލްޑް ކަޕްގެ މެޗުތައް ޓީވީއެމް އިން ލައިވް ކުރަމުންގެންދާއިރު ސެމީ ފައިނަލުގެ މެޗުން ރާއްޖެ ބަލިވިކަމުގައިވިޔަސް އެ މުބާރާތުގެ ފައިނަލް މެޗު ޓީވީއެމް އިން ލައިވް ކުރާނެއެވެ. މީގެ ސަބަބުން ސެމީ ފައިނަލްގެ ފުރަތަމަ މެޗު ވަގުތުން ބަލަން ތައްޔާރަށް ތިބި ދެރަށުގެ ސަޕޯޓަރުންވެސް ވަނީ މާޔޫސްކަން ލިބިފަ އެވެ. އެފްއޭއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އޭދަފުށީގެ ބައިވެރިވުން ހިމެނޭ ބައެއް ކުޅިވަރު ހަރަކާތްތައް މީގެ ކުރިންވެސް ވަނީ އެކި ޗެނަލްތަކުން ވަގުތުން ގެނެސްދީފަ އެވެ. އަދި އެންމެ ފަހުން އޭދަފުއްޓާއި ދުވާފަރު ޓީމު މާލޭގައި ކުޅެން ހަމަޖެއްސި މެޗުވެސް ޗެނަލް 13 އިން ވަގުތުން ދައްކާގޮތަށް ހަމަޖެހިގެން ދިޔައެވެ. އޭދަފުށީގެ ކުޅިވަރު ހަރަކާތްތައް އާއްމުންނާއި ހަމައަށް ވަގުތުން ގެނެސްދިނުމުގައި ރަށަށް ހެޔޮ އެދޭ ފަރާތްތަކުގެ އިސްނެންގެވުން ފާހަގަކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.