އޭދަފުށީ ފުޓްބޯޅަ ޓީމު އައްޑުއަށް ފުރައިފި

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން މިއަދު އައްޑޫއަށް ފުރުމުގެ ކުރިން
އޭދަފުށީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން މިއަދު އައްޑޫއަށް ފުރުމުގެ ކުރިން

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމު މިއަދު އައްޑޫއަށް ފުރައިފި އެވެ.

އައްޑޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށްދާނީ މި މުބާރާތުގެ ސެމީ އާއި ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ އޭދަފުއްޓާއި ފަރެސްމާތޮޑާ ޓީމެވެ. ދެވަނަ ސެމީގައި ފޭދޫ ޓީމާއި ބައްދަލުކުރާނީ ފޯކައިދޫއެވެ.

މި ހަތަރު ޓީމު ސެމީން ޖާގަ ހޯދީ ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ކުރިއަށްދިޔަ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅުނު ބުރަށް ފަހު އެވެ. ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި އޭދަފުށިން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ.

އައްޑޫ ސްޓޭޑިއަމުގައި ކުޅޭ މެޗުތައް ޕަބްލިކް ސާވިސް މީޑިޔާގެ ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމެއް ދިނުމުގެ އިތުރުން އަންނަ އަހަރުގެ ގައުމީ މުބާރާތުން ޖާގަ ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.