އޭދަފުށި ބަލިކޮށް ފަރެސް މާތޮޑާ ފައިނަލަށް

8511

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އޭދަފުށި 4-2 އިން ބަލިކޮށް ފަރެސް މާތޮޑާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އައްޑޫ ސިޓީ ފުޓްބޯޅަ ސްޓޭޑިއަމުގައި ހަވީރު ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓްގައި އޭދަފުށީ ޓީމުގެ އަބްދުލްމަޖީދު ވަނީ ލީޑު ނަގައިދީފަ އެވެ. މަޖީދު މި ލަނޑު ޖެހީ އިޝާން އިބްރާހީމް (ސައްޓު) ނަގައިދިން ކޯނަރަކުންނެވެ.

ފަރެސްމާތޮޑާއަށް ނަތީޖާ ހަމަހަމަކޮށްދީ ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީވެސް އިހުސާން އަލީއެވެ. އޭދަފުށިން ނަތީޖާ ހަމަހަމަކުރީ އަބުދުލްމަޖީދު ދިން ބޯޅައިން އިޝާން އިބްރާހީމް ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާއިންނެވެ.

ދެވަނަ ހާފްގައި ފަރެސްމާތޮޑާއިން އިތުރު ދެ ލަނޑު ޖެހިއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު ޖަހާ އިހުސާން ހެޓްރިކް ފުރިހަމަކޮށްފައި ވަނިކޮށް، ހަތަރުވަނަ ލަނޑު ޖެހީ ބަދަލުކުޅުންތެރިޔާ މުޙައްމަދު ސައީދުއެވެ.

މެޗުގައި ދެޓީމުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތައް ތަނަވަސްކުރި އެވެ.

މެޗަށް ފަހު ފަރެސްމާތޮޑާ ޓީމުން ބުނީ އަމާޒަކީ ފައިނަލް މެޗު ވެސް ކާމިޔާބު ކުރުން ކަމަށާއި ތަށި ހޯދޭނެ ފެންވަރު ޓީމުގައި އެބަހުރި ކަމަށެވެ.

އޭދަފުށީގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ ބަލިވުމުގެ މައިގަނޑު ސަބަބަކީ ފިޓްނަސް ދަށްވުން ކަމަށެވެ.

“އިއްޔެނޫން އިހަށްދުވަހު ޓީމު މިއައީ އައްޑު އަށް. ދެން މާހައުލަށް ނުހެނުމާއި ބޮޑަށް ފިޓްނަސް ދަށްވެގެން ބަލިވީ. ދެން އަންނާނީ ކުޅެވޭ ދުވަސް ދުވަހާއި ނުކުޅެވޭ ދުވަސްވެސް. މިއަދު މިވީ ނުކުޅެވުނު ދުވަހަކަށް،” ބައްޓޭ ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި ފަރެސް މާތޮޑާ ބައްދަލުކުރާނީ ސެމީގެ ފަހު މެޗުގައި މާދަމާ އައްޑޫސިޓީގެ ފޭދޫ އާއި ށ. ފޯކައިދޫ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމެއް ދިނުމުގެ އިތުރުން އަންނަ އަހަރުގެ ގައުމީ މުބާރާތުން ޖާގަ ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. heybalikolli

    battey akee ehaa thajuribaa huimeeheh noon aanmukoh eynage belumuge dashun kulhey kulabeh viyas daan vaa hisaabah goss enimunee.team ah furihama practis dinin tho ahaa bala.hama yageenun vess nudevey kihi neh kaamiyaabu vaa nee team ah vure fahun battey addu ah diyaee.den vess kulhun therin kolhu govagen rashah aade veytho balaa.mihaaru thikan thinimunee

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.