މިނިވަން 50 މުބާރާތުގެ ތިންވަނަ އޭދަފުއްޓަށް

އޭދަފުސި ފުޓްބޯޅަ ޓީމު-- ފޮޓޯ / އައްޑޫ އޮންލައިން
އޭދަފުށި ފުޓްބޯޅަ ޓީމު– ފޮޓޯ / އައްޑޫ އޮންލައިން

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، އޭދަފުށީ މުބާރާތުގެ ތިންވަނަ ހޯދައިފި އެވެ.

އައްޑު ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލީޑު ނެގީ އޭދަފުށިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ރިޔާދު އެވެ. އެކަމަކު މެޗުގެ 29 ވަނަ މިނެޓުގައި މުޝީރު ވަނީ ފޯކައިދޫ އަށް އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން އޭދަފުއްޓަށް އަލުން ލީޑު ނަގައިދިނީ މުހައްމަދު ފާސިރު އެވެ. އޭނާ މި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ސަލީމް ވަނީ އޭދަފުށީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ މި ލަނޑު ޖެހީ ފާސިރު ނަގައިދިން ހުރަހަކުންނެވެ.

ފޯކައިދޫގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ނަވާޒް އެވެ.

މި މުބާރާތުގެ ފައިނަލް ކުޅޭނީ މާދަމާ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ފޭދޫ އާއި ފަރެސްމާތޮޑާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.