އޭދަފުށީ ތަނޑިރަތްމާގޭ އަލީ މުހައްމަދު ނިޔާވެއްޖެ

ބ. އޭދަފުށި، ތަނޑިރަތްމާގޭ، އަލީ މުހައްމަދު ނިޔާވެއްޖެ އެވެ.

އަލީ މުހައްމަދު ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، މިއަދު ހެނދުނު އެވެ. ނިޔާވިއިރު އުމުރަކީ 87 އަހަރެވެ.

އަލީ މުހައްމަދު ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބ. އަތޮޅު އޮފީހުގައާއި ރަށު އޮފީސް އަދި އަތޮޅު ކޯޓްގައިވެސް ސަރުދާރެއްގެ ވަޒީފާ އަދާކޮށްފަ އެވެ. އަދި އޭނާ އަކީ އޭދަފުށީގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުނު، ރައްޔިތުންގެ ހިއްސާވާ ތަރައްގީގެ މަސައްކަތްތަކުގައި ވަރަށް ހީވާގިކޮށް ބައިވެރިވެފައިވާ މީހެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އަލީ މުޙައްމަދު ނިޔާވިއިރު، އޭނާގެ އަންބަކާއި ދިހަ ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.

އަލީ މުހައްމަދަކީ ރާއްޖޭގެ ހިދުމަތްތެރި ކުދިންތަކެއް އުފެއްދި ބައްޕަ އެކެވެ. އޭނާގެ ކުދިންގެ ތެރޭގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ވަރަށް ފަހަކާ ޖެހެންދެން ހެލްތު މިނިސްޓްރީގެ ޑީޖީގެ މަގާމުގައި ހުންނެވި އަހުމަދު ޚަލީލާއި، ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ އަބްދުﷲ ވަހީދު ފާހަގަކޮށްލެވެ އެވެ. އަދި މުހައްމަދު ވަހީދު (ވަހިއްޓީ) އަކީ މާލޭގައި ސްޕަމާޓުގެ ވިޔަފާރީގައި މަޝްހޫރު ވިޔަފާރިވެރިއެ ކެވެ.

އަލްމަރުޙޫމު އަލީ މުޙައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.