އޭދަފުށީގައި މިއަދު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ދެ ޑޮކްޓަރަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.
މެންދުރު 1:30 ހާއިރު މިރަށު ބޮޑުމަގު (ރޯޝަނީމަގު) ގަހާ ގެ އާ ދިމާލުން ހިނގި އެކްސިޑެންޓްގައި ބ. އަތޮޅު ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރު އަޒަމު ފާރިޝް ގެ ވާތު ކޮޑުހުޅު ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި އެވަގުތު ސައިކަލުގެ ފަހަތުގައި އިން ދިވެހި އެހެން ޑޮކްޓަރަށްވެސް އަނިޔާލިބިގެން އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ.
ޑޮކްޓަރު އަޒަމު އަށް އިތުރު ފަރުވާދިނުމަށް ދެންމެވަނީ މާލެ ފޮނުވާލައިފަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ސައިކަލް، ޕިކަޕްގައި ޖެހި ވިއްސަކަށް ފޫޓް ދުރަށްވަނީ ވިއްސައިގެން ގޮސްފަ އެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.