އޭދަފުށީ ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔުން މިރޭ 9:00 ގައި

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ސެމީން ޖާގަ ހޯދުމާ ގުޅިގެންއޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

އައްޑޫ ސިޓީގައި އިއްޔެ ނިމުނު މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ތިންވަނަ ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު މިރޭ ރަށަށް އަންނައިރު ޓީމަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.

ބ. އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީ ފުޓްބޯޅަ ޓީމަށް އިސްތިގާބުލުކުރުމަށް މިރޭ 9:00 އަށް ރަސްމީ ފާލަން ކައިރިއަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެދޭ ކަމަށެވެ.

އޭދަފުށި ފުޓްބޯޅަ ޓީމު މުބާރާތުގެ ތިންވަނަ ހޯދީ ތިންވަނަ ހޮވި މެޗުގައި މިދިޔަ އަންގާރަ ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެގެންނެވެ. އޭދަފުށީ ފުޓްބޯޅަ ޓީމު މުބާރާތުގެ ސެމީން ޖާހަގަ ހޯދުމާ ގުޅިގެންވެސް ރަށުންވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެފްއޭއެމުން މިދިޔަ އަހަރު ތައާރަފްކުރި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދީ ސ. ފޭދޫ ފުޓްބޯޅަ ޓީމެވެ.

ގައުމީ މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން 1970 އަދި 1972 ވަނަ އަހަރު ހޯދި މަޝްހޫރު ޑީއެންސީ ނިސްބަތްވާ ފޭދޫ އިން މިނިވަން 50 މުބާރާތް ކާމިޔާބުކުރީ ސ. ހިތަދޫގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ގދ. ފަރެސްމާތޮޑާ އަތުން 1-0 އިން މޮޅުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.