ބަލާ އަންނަންވީ ތަން ބުނެ ދިނުމަށް މުޅިން އާ ހިދުމަތެއް ދިރާގުން ތައާރަފް ކޮށްފި

"ޕިކް މީ އަޕް" ނަމުގައި ދިރާގުން ރާއްޖޭގައި މުޅިން އާ ހިދުމަތެއް ވަނީ ފަށާފަ - ފޮޓޯ: ދިރާގު
“ޕިކް މީ އަޕް” ނަމުގައި ދިރާގުން ރާއްޖޭގައި މުޅިން އާ ހިދުމަތެއް ވަނީ ފަށާފަ – ފޮޓޯ: ދިރާގު

“ޕިކް މީ އަޕް” ނުވަތަ ބަލާ އަންނަންވީ ތަން ބުނެ ދިނުމަށް ހިލޭ އެސްއެމްއެސް ކުރެވޭ ހިދުމަތެއް ރާއްޖޭގައި މުޅިން އަލަށް ދިރާގުން ތައާރަފް ކޮށްފި އެވެ.

މި ހިދުމަތް ލިބިގަތުމަށް #200* އަށް ޑައިލް ކުރުމުން މެނޫގައި، މެސެޖް ލިބެންވީ ފަރާތުގެ މޮބައިލް ނަންބަރާއި ބަލާ އަންނަންވީ ތަން ލިޔެވޭނެ އެވެ. މިއީ ދިރާގުގެ ޕޯސްޓްޕެއިޑާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތެކެވެ.

ދިރާގުން ބުނީ ފޯނުގައި ކްރެޑިޓް ނެތް ކަމުގައި ވިޔަސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށާއި އަދި އެހެން ނެޓްވޯކެއްގެ ނަންބަރަށް ވެސް މެސެޖް ފޮނުވޭނެ ކަމަށެވެ.

މި ހިދުމަތް ތައާރަފްކުރަން ދިރާގުން ނިންމީ “ކޯލް މީ ބެކް” ސާވިސްގެ ތަޖުރިބާ އަށް ބަލާފައިކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި 48 އަކުރަށް ވުރެ ދިގުނުވާނެ ގޮތަށް ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު ފަސް ރިކުއެސްޓް މިގޮތަށް ފޮނުވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.