ބަލިމީހެއް ގޮވައިގެން އޭދަފުއްޓަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

މިލައިދޫން އޭދަފުއްޓަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗު އަމިއްލަ ފުއްޓަށް އެހެލަނީ ފޮޓޯ- ހިތާދޫ އޮންލައިން
މިލައިދޫން އޭދަފުއްޓަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗު އަމިއްލަ ފުއްޓަށް އެހެލަނީ ފޮޓޯ- ހިތާދޫ އޮންލައިން

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ މިލައިދޫ އިން ފުރައިގެން އޭދަފުއްޓަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ އެވެ.

މިލައިދޫގައި މަސައްކަތް ކުރާ ބިދޭސީ މީހަކު މަސައްކަތް ކުރަން ހުއްޓާ ކުއްލިއަކަށް ވެއްޓިގެން އެމީހާ ގޮވައިގެން އޭދަފުއްޓަށް ދަތުރުކުރި މިލޯންޗު ފަޅައިގެން ދިޔައީ އަމިއްލަފުއްޓާ ކައިރިންނެވެ. ލޯންޗު ފަޅައިގެން ދިޔުމުން އެ ލޯންޗު ވަނީ އަމިއްލަފުށި ފަރުމަތިން ފަޅުތެރަށް ވައްދާފައެވެ. އަދި ލޯންޗު އަޑިއަށް ދިޔައީ އަމިއްލަފުށި ފަޅަށް ވެއްދި ފަހުންނެވެ.

“ލޯންޗު ފަޅައިގެން ދިޔައީ އެއްވެސް ތަނެއްގައި ޖެހިގެނެއް ނޫން. ރާޅެއްގައިވެސް ޖެހިގެނެއްނޫން. ފަޅައިގެން ދިޔުމުން ބާލިދީން ދިޔަ ހިއްކަމުން އަވަހަށް ހުރި ދިމާލުން ފަޅަށް ވެއްދީ،” ލޯންޗުގެ ކެޕްޓަން ބުންޏެވެ.

މިއަދު މެންދަރުފަހު 3:15 ހާއިރު ހިނގި މިހާދިސާގައި ލޯންޗުގެ ބަނޑުފިލާ ފަޅައިގެން ދިއުމުގެ ސަބަބުން ވަނީ އަޑިއަށް ގޮސްފައެވެ.

މި ލޯންޗުގައި އޮތް ބަލި މީހާ އެމެޖެންސީކޮށް އަމިއްލަފުށީގެ އެހީގައި ވަނީ ބ. އަތޮޅު ހޮސްޕިލަށް ގެންގޮސްފައެވެ. ނަމަވެސް ޑޮކްޓަރުންނާ ހަވާލާދީ ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ބަލިމީހާ އެ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފަ އެވެ.

ޔުނިވާސަލްގެ މިލޯންޗު މިހާރުވަނީ އަމިއްލަފުއްޓަށް އެހެލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.