ފުޅަދޫ ރައްޔިތުންނަށް ގޮއިދޫ ރައްޔިތުން ޖާފަތެއްދީފި

ބ. ގޮއިދޫ ރައްޔިތުން ފުޅަދޫ ރައްޔިތުންނަށް ހަދިޔާ ކުރި ޖާފަތް ހިފައިގެން ދަނީ-
ބ. ގޮއިދޫ ރައްޔިތުންގެ ފަރާތުން ފުޅަދޫ ރައްޔިތުންނަށް ހަދިޔާ ކުރި ޖާފަތް ހިފައިގެން ދަނީ-

 

ބ. ފުޅަދޫ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް ހިތްވަރުދީ އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން އެރަށު ރައްޔިތުންނަށް ގޮއިދޫ ރައްޔިތުން ޖާފަތެއް ދީފި އެވެ.

 

ޖާފަތް އެރުވި ވަގުތު ފެހެންދޫ ބޮޑު ގްރޫޕުން ވަނީ ބޮޑުބެރު ޖެހުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

12647413_1098985200152572_7057337575394052411_n

ގޮއިދޫ ކައުންސިލުގެ ރައީސް އާމިރު ވިދާޅުވީ މިއަތޮޅު ފަޅުތެރެ ތިން ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ވަރަށް ގާތް އެއްބައެއް ވަންތަކަމެއް އޮންނަ ބައެއް ކަމަށެވެ.

 

“އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ ޒަމާނުއްސުރެ މި ތިން ރަށުގެ މެދުގައި އަށަގަންފައިވާ ރީތިއާދަ އެއް،”

ބ. ފުޅަދޫގެ ފާލަން މަރާމާތު ކުރުމުގެ މަސައްކަތަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ފާލަން މަރާމާތު ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަނީ ފުޅަދޫ ރަައްޔިތުންނެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.