ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަޅާ ހަތަރުބުރީގެ އާ އިމާރާތުގެ މަސައްކަތް އިއްޔެ ކުރަނީ. ހަތަރުބުރީގެ އާ އިމާރާތުގައި 12 ކުލާސްރޫމް ހިމެނޭ-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަޅާ ހަތަރުބުރީގެ އާ އިމާރާތުގެ މަސައްކަތް އިއްޔެ ކުރަނީ. ހަތަރުބުރީގެ އާ އިމާރާތުގައި 12 ކުލާސްރޫމް ހިމެނޭ– އީޓީ ފޮޓޯ / ތޯރިގް

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ ހަތަރު ބުރީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަން ހަމަޖައްސާފައިވާ 9 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާރިސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން ދަށުން އެ ސްކޫލުގައި ހަދާ ހަތަރު ބުރީގެ އާ އިމާރާތުގައި 12 ކްލާސް ރޫމް ހިމެނެ އެވެ.
އާ އިމާރާތް އަޅަނީ އައިއެޗްޑީޕީ ޕްރޮޖެކްޓެގެ ދަށުން އެޅި އިމާރާތާ ގުޅުވައިގެން، ޖެހިގެން އޮތް ހުސްބިމުގަ އެވެ.

މި މަޝްރޫއު ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަމާޒުކުރީ އެ ސްކޫލަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް އަންނަ ސްކޫލަށް ވެފައި އެ ސްކޫލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.