ބ. އޭދަފުށީ ކާށިދޫގެ އިން ކޭޝް ޑްރޯވާ އެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ކަމަށާއި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ކާށިދޫ ގެއިން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި ކޭޝް ޑްރޯވަ ވަގަށް ނަގައިގެން ގެންގޮސް ހަވާލުކޮށްފައިވަނީ އެހެން މީހަކާ އެވެ. ކޭޝް ޑްރޯވާ ގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގޭ ކަމަށާއި ކޭޝް ޑްރޯވާ އަދިވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖެއްވެސް ހިމެނެ އެވެ.