ފުޓްބޯޅަ އެހެން ފެންވަރަކަށް ގެންދަން ރަގަޅު ފެންވަރެއްގެ ދަނޑެއް މުހިއްމު: ބައްޓޭ

މުހައްމަދު ޒާހިދު (ބައްޓޭ)
މުހައްމަދު ޒާހިރު (ބައްޓޭ)

އޭދަފުށީގެ ފުޓްބޯޅަ އެހެން ފެންވަރަކަށް ގެންދަން އެންމެ މުހިއްމީ ރަގަޅު ފެންވަރެއްގެ ދަނޑެއްކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މުޙައްމަދު ޒާހިދު (ބައްޓޭ) ބުނެފި އެވެ.

“އީޓީ” އާ ވާހަކަދައްކަމުން ބައްޓޭ މިހެން ބުނީ އެންމެ ފަހުން ނިމުނު މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އޭދަފުށި ބަލިވި މެޗަށް އިޝާރަތްކޮށެވެ. ބައްޓޭގެ ވާހަކައިގައި ބުނީ ދެން މުބާރާތެއްގައިވެސް އަމިއްލަ ރަށުގައި ކުޅުމަށް ފަހު ދެން ދާންޖެހޭނީ ވިނަ ދަނޑަކަށް ކަމަށެވެ.

“އޭދަފުއްޓަށް މިވަގުތު އެންމެ މުހިއްމީ ރަގަޅު ފެންވަރެއްގެ ދަނޑެއް. ދެން ފަހަރަކުން ވެސް ދާންޖެހޭނީ ވިނަ ނުވަތަ ޓާފަށް. އޭދަފުށީގަ ރަގަޅު ފެންވަރެއްގެ ދަނޑެއް އޮވެއްޖެނަމަ އެފަދަ މުބާރާތްތައް ކުޅޭ ރަށަކަށް މިރަށް ވެގެންދާނެ. އެހެންވީމަ ދަނޑުގެ މައްސަލަ ދެންވެސް ނިކުންނާނެ. މިކަމަށް އެންމެ ނިކުމެ ހަގީގަތަކަށް ހަދަން މަސައްކަތް ކުރަންވީ ލަސްނުކޮށް “.

ބައްޓޭ ބުނި ގޮތުގައި އޭދަފުށީގައި އެފަދަ ދަނޑެއް އެޅުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާނެ އެވެ.

“ދަނޑު ހެދުމުގައި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑުވާންޖެހޭ. ހިޔާލު ތަފާތުވުންތަކާ ވަކި އަވަށެއްގައި މިކަން ކުރުމުގެ ބަދަލުގައި ނުވަތަ ވަކި ބަޔަކު ބުނާ ތަނެއްގައި މިކަން ކުރުން ފަދަ ކަންކަން އެބަޖެހޭ ނައްތާލަން. މީގަ ރައްޔިތުންގެ އިތުރުން އޭދަފުށީގެ މެމްބަރު ސަލީމް އަދި ކައުންސިލުން ވެސް މިކަން ކުރުމަށް އިސްނަގަން ޖެހޭ އެބަ،” މިނިވަން 50 މުބާރާތުގައި އޭދަފުށީ ޓީމަށް ކޯޗު ކޮށްދިން ބައްޓޭ ބުންޏެވެ.

އޭދަފުށީގައި ފުޓްބޯޅަ ދަނޑެއް އެޅުމުގެ ވާހަކަތައް މިހާރުވެސް ދެކެވެމުން ދާއިރު މިއަދާ ހަމައަށް އައިއިރު މިކަމުގެ ޢަމަލީ އެއްވެސް ސިފައެއް ފެނިފައެއް ނުވެއެވެ. ރާއްޖެ ސިއްސުވާލާވަރުގެ ފުޓްބޯޅަ ދަނޑެއް އޭދަފުށީގައި އަޅާނެކަމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިއީ މިދިޔަ މަޖިލިސް އިންތިހާބުގައި ސަލީމުގެ ކެމްޕޭނުގައި އޭދަފުށީ، ޗާނދަނީގޭ އަޙްމަދު ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ. އެ ދަނޑު އަޅަން ނިމިދިޔަ ހަފްތާތެރޭ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.