ގައްބެ އަށް ހޫނު މަރުހަބާއެއް ކިޔަން ގޮއިދޫ ތައްޔާރު

ގައްބެއަށް މަރުހަބާ ކިޔުމަށް ގޮއިދޫ ން ތައްޔާރުވަނީ
ގައްބެއަށް މަރުހަބާ ކިޔުމަށް ގޮއިދޫ ން ތައްޔާރުވަނީ

ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއް ޖަހަން މިހާރު ނުކުމެ އުޅޭ އަބްދުލްޣަފޫރު (ގައްބެ) އަށް ހޫނު މަރުހަބާއެއް ކިޔަން ގޮއިދޫ ތައްޔާރުވެއްޖެ އެވެ.

ގައްބެ ފެށި ދަތުރުގެ ތެރެއިން އޭނާ މިއަދު ހެނދުނުވަނީ ގޮއިދޫ އަށް އައުމަށް މިސްރާބު ޖަހައިފަ އެވެ. ގޮއިދޫ އަށް އޭނާ އަންނާނެ ކަމަށް ލަފާކޮށްފައި ލަފާކޮށްފައި މެންދުރުފަހު 2:30 އާއި 3:30 އާ ދޭތެރޭ ވަގުތެއްގަ އެވެ.

އޭނާ އަށް ގޮއިދޫން މަރުހަބާ ކިއުމުގެ ތައްޔާރީތައް އިއްޔެ ފަށާފައިވާއިރު މިކަމުގައި ގޮއިދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ އިތުރުން ފަޅުތެރޭގެ އަނެއް ދެރަށް ކަމަށްވާ ފެހެންދޫ އާއި ފުޅަދޫ ރައްޔިތުންވެސް ހަރަކާތްތެރިވެ އެވެ.

ކައުންސިލުގެ ރައީސް އަހްމަދު އާމިރު މިއަދު ވިދާޅުވީ ގައްބެ އަށް މަރުހަބާ ކިއުން އޮންނާނީ އެރަށުގެ ހުޅަދނު ފަރާތު ތުނޑީ ސަރަހައްދުގައި ކަމަށެވެ.

ގައްބެ ގޮއިދޫ އަށް ދިއުމަށް މިސްރާބު ޖަހާފައި. މެންދުރު ފަހުގެ ވަގުތެއްގަިއ އޭނާ ގޮއިދޫއަށް ލަފާނެ-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫ އަށް ދިއުމަށް މިސްރާބު ޖަހާފައި. މެންދުރު ފަހުގެ ވަގުތެއްގަިއ އޭނާ ގޮއިދޫއަށް ލަފާނެ– ފޮޓޯ: އެޓޯލް ސެއިލާ

އެ ސަރަހައްދުގައި ބޮޑުބެރާއި މުނިފޫހި ފިލުވުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އަދި ރަށުގެ ޒުވާނުން ގުޅިގެން މިރޭ އެރަށުގައި ޚާއްސަ ބާބަކިޔު އެއް ބޭއްވުމަށްވެސް ވަނީ ރާވާފައެވެ. ގައްބެ މި ދަތުރުގައި މިރޭ މަޑުކުރާނީ ގޮއިދޫގަ އެވެ.

ގައްބެގެ ދަތުރުގައި އެކި ރަށްރަށަށް މަޑު ކުރާއިރު އިއްޔެ އޭނާ ވަނީ އއ. އުކުޅަހުގައި މަޑުކޮށްފަ އެވެ. އެ ރަށުން ވެސް ވަނީ އެހެން ރަށްރަށުން ކިޔާފައިވާ ފަދަ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެޓޯލް ސެއިލާއިން އިންތިޒާމް ކުރާ އަދި ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވެގެން ކުރާ އެ ދަތުރުގެ އެއް މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމެވެ. “ވިޒިޓް މޯލްޑިވްސް 2016” ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތުގައި ގައްބެ ރާއްޖޭގެ އެކި ރަށްރަށުގައި މަޑުކޮށް، އެ ރަށުގައި ފާހަގަކޮށްލެވޭ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އަދި ހުރިހާ ކަމެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޑޮކިއުމަންޓް ކުރާނެ އެވެ.

މި ހަރަކާތުގެ އެއް މީޑިއާ ޕާޓްނަރު ކަމަށްވާ “ހަވީރަ” އަށް ގައްބެ ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ރަށްރަށުން އޭނާއަށް ލިބޭ ތަރުހީބާއި ލޯތްބާ މެދު އޭނާ ހައިރާންވެ އެވެ. ދަތުރުގެ ވަރުބަލިކަން ފިލައިގެން ދަނީ އެ ތަރުހީބުގެ ސަބަބުން ކަމަށް ގައްބެ ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.