އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް ސަސްޕެންޑްކޮށްފި

އޭދަފުށީ މެޖިސްޓްރޭޓް ކޯޓް. ޖޭއެސްސީ އިން އަންނަ މައްސަލައަކާ ގުޅިގެން، އޭދަފުށީ ކޯޓުްގެ އިސް މެޖިސްޓްރޭޓް ވަނީ ސަސްޕެންޑްކޮށްފައި.--- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ މެޖިސްޓްރޭޓް ކޯޓް. ޖޭއެސްސީ އިން އަންނަ މައްސަލައަކާ ގުޅިގެން، އޭދަފުށީ ކޯޓުްގެ އިސް މެޖިސްޓްރޭޓް ވަނީ ސަސްޕެންޑްކޮށްފައި.— އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައަކާ ގުޅިގެން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސަސްޕެންޑްކޮށްފި އެވެ.

އަހްމަދު ލަތީފް ސަސްޕެންޑްކުރީ އޭނާއާ މެދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެ އެވެ.

އޭދަފުށީ މެޖިސްޓްރޭޓާ ގުޅުން ހުރި މައްސަލައެއް ބަލަމުން އަންނަ މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ތަޙުގީގު ކޮމިޓީން އެ މައްސަލައިގެ ތަޙުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެން ޖެހޭ ފުރުސަތަކަށް ފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް އަހްމަދު ލަތީފަށް ވަނީ އަންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.