ގޮއިދޫން ވެސް ގައްބެއަށް ހޫނު މަރުހަބާއެއް

ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި– ފޮޓޯ: އެޓޯލް ސެއިލާ

ރާއްޖެ ވަށައި ރިޔަލުގައި ކުރަމުން އަންނަ ދަތުރުގައި އަބްދުލްޣަފޫރު އަލީ (ގައްބެ) މިއަދު ހަވީރު ބ. ގޮއިދޫއަށް ލެފުމުން އޭނާ އަށް އެ ރަށުން ވެސް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު ހެނދުނު 8:30 ހާއިރު އއ. އުކުޅަހުން ފުރައިގެން ގައްބެ އަށް ގޮއިދޫއަށް ދެވުނީ ހަވީރު ހަތަރެއް ޖަހާކަންހާއިރު އެވެ. އޭރު ގިނަ އަދަދެއްގެ ބަޔަކު އެ ރަށު އަތިރިމައްޗަށް އެއްވެފައި ތިއްބެވެ. އަދި ދެ ޖިންސްގެ އެކި އުމުރުފުރައިގެ މީހުން އޭނާ ވަށާލައި، ސަލާމްކޮށް ސެލްފީ ނަގާ ހެދި އެވެ.

ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި– ފޮޓޯ: މާޖިދު ސެއިލާ

ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ގޮއިދޫން ގައްބެ އަށް މަރުހަބާކީ ފަޅުތެރޭގެ ތިންރަށުގެ ކައުންސިލަރުންގެވެސް ބައިވެރިވުމާއެކު ކަމަށެވެ.

“ގައްބެ އަށް މިރަށުގެ ތުޑީ ކޮޅުން މަރުހަބާކީ ތިން ރަށުގެ ކައުންސިލަރުންނާއެކު، އެތަނުން ބީޗުގައި ލަންޗުވެސް އޮތީ. ހަވީރު ސައި އޮތީ މިރަށުގެ ބޮޑު ކުޅި ސަހަރައްދުގެ ތެރޭގައި، މިރޭގެ ޑިނާ އޮތީ ބީޗުގައި،”

ގައްބެ މިރޭ މަޑު ކުރާނީ ގޮއިދޫގަ އެވެ. އޭނާއަށް ހާއްސަކޮށްގެން ގޮއިދޫގެ ޒުވާނުންގެ ފަރާތުން ރޭގަނޑުގެ ކެއުމެއް މިރޭ ބާއްވާނެ އެވެ.

ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި– ފޮޓޯ: މާޖިދު ސެއިލާ

ގައްބެ ވަނީ މިއަދު ހަވީރު ގޮއިދޫގެ ކުޅި ސަރަހައްދު ބަލާލައި، އެ ރަށުގެ އެކި ހިސާބުތަކަށް ޒިޔާރަތް ކޮށްފަ އެވެ.

މި ދަތުރުގައި ގައްބެ ދިއުމަށް ދެން އޮތް މަންޒިލަކީ މިއަތޮޅު ތުޅާދޫ އެވެ. އެރަށް ދަތުރު ފަށާނީ މާދަމާ ހެނދުނު އެވެ. ތުޅާދޫން ގައްބެ ދެން ދާނީ ދަރަވަންދޫ އަށެވެ.

ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި– ފޮޓޯ: އެޓޯލް ސެއިލާ

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓެވެ. އަދި މީޑިއާ ޕާޓްނަރަކީ “ހަވީރު” އާއި ޕީއެސްއެމް އެވެ. ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.