ބ. އަތޮޅު ތައުލީމީ މަރުކަޒަށް 38 އަހަރު ފުރުން ފާހަގަ ކުރަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް. މިއަދަކީ ސްކޫލުގެ 38 ވަނަ އަހަރީދުވަސް
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް. މިއަދަކީ ސްކޫލުގެ 38 ވަނަ އަހަރީދުވަސް

ސަރުކާރުން ރާއްޖެ ތެރޭގައި ހުޅުވި ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހަކީ މިއަދެވެ.

އެ މަރުކަޒުން ބުނީ އެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެ ސްކޫލުގައި ބާއްވާ ހާއްސަ އެސެމްބްލީންނެވެ. އަދި އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުންގެ މެދުގައި ކެއްކުމުގެ މުބާރާތެއްގެ އިތުރުން ކުޅިވަރު ހަރަކާތްތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 1999 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެއް ވަނަ ސްކޫލުގެ މަގާމު ހޯދާފަ އެވެ. އަދި އޭގެ ފަހުންވެސް ކޮންމެ އަހަރަކުވެސް އޯލެވެލް އާއި އޭލެވެލް ގަދަ 10 ގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެ އެވެ.

ސްކޫލުގައި 800 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިރު އޭގެ ތެރެއިން 30 ޕަސެންޓް ކުދިންނަކީ ބޭރު ރަށްރަށުން އެ ސްކޫލަށް ކިޔަވަން އައިސްތިބި ކުދިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.