ތުޅާދޫންނާއި ދަރަވަންދޫންވެސް ގައްބެއަށް ހޫނު މަރުހަބާއެއް

ގައްބެއަށް މަރުހަބާ ކިޔުމަށް ދަރަވަންދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން
ގައްބެއަށް މަރުހަބާ ކިޔުމަށް ދަރަވަންދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން– ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން

ރާއްޖެ ވަށައި ކަޓަމަރާން އެއްގައި އަބްދުލްޣަފޫރު (ގައްބެ) ކުރަމުން އަންނަ ދަތުރުގައި މިއަދު މިއަތޮޅު ތުޅާދޫ އަށާއި ދަރަވަންދޫންވެސް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ގޮނޑުދޮށަށް އޭނާ ދަތުރުކުރި ކަތަމަރާން ބީއްސާލުމާއެކު އެ ދެ ރަށުންވެސް މަރުހަބާ ކީ ސަގާފީނެށުންތަކުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން އެ ދެ ރަށުގެ އަތިރިމައްޗަށް އެއްވެފައި ތިއްބެވެ.

ގައްބެ ތުޅާދޫގައި ލިޔެލާ ޖަހަނީ
ގައްބެ ތުޅާދޫގައި ލިޔެލާ ޖަހަނީ

ލިޔެލާ ޖެހުމަށް މުޅި ރާއްޖެއަށް މަޝްހޫރު މީހުންތިބި ތުޅާދޫ މީހުންގެ ލިޔެލާޖެހުމުގެ މަސައްކަތް ބަލައި އަދި އެކަން އަމަލީގޮތުން ތަޖުރިބާ ކުރުމަށްފަހު ގައްބެ ދަރަވަންދޫއަށް ދިއުމަށްފުރީ މެންދުރު އެވެ. ގައްބެއަށް ދަރަވަންދޫއަށް ދެވުނީ މިއަދު ހަވީރު އެވެ.

މި ދަތުރުގައި ގައްބެ މިރޭ މަޑު ކުރާނީ ދަރަވަންދޫގަ އެވެ. ގައްބެ މާދަމާ ހެނދުނު ދަރަވަންދޫން ފުރައިގެން އެންމެ ފުރަތަމަ ދާނީ ހަނިފަރު ސަރަހައްދު ބަލާލުމަށެވެ. އެއަށްފަހު ދެން އޭނާ މިސްރާބު ޖަހާނީ ރ. އަތޮޅަށް ދިއުމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް މަޑުކޮށް، އެ ރަށެއްގެ އާސާރީ އަދި ގިނަ ދުވަސްވީ ތަންތަނަށް ގައްބެ ޒިޔާރަތް ކުރާނެ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ އިން މުޅި މި ދަތުރު ޑޮކިއުމަންޓް ކުރާއިރު ކަނޑުގައި ގައްބެ ކުރާ ދަތުރާއި ރާއްޖޭގެ ރީތި ރަށްތަކާއި މީހުންގެ ދިރިއުޅުމާއި ސަގާފީ ތަންތަން ވެސް ދައްކާނެ އެވެ.

ގައްބެއަށް މަރުހަބާ ކިޔުމަށް ތުޅާދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން
ގައްބެއަށް މަރުހަބާ ކިޔުމަށް ތުޅާދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން– ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން

 

ރާއްޖޭގެ ރީތިކަން ދައްކާލައި، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގައްބެ ކުރާ މި ދަތުރުފެށި ޖެނުއަރީ 31 ގަ އެވެ. ދަތުރުގެ މީޑިއާ ޕާޓްނަރަކީ ހަވީރު އާއި ޕީއެސްއެމް އެވެ. އަދި މުޅި އިވެންޓުގެ މެއިން ސްޕޮންސަރަކީ އެލިއާ އެވެ. ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.